މިޕުރޮގްރާމްގައި ހިމެނިފައިވާ ބައިތައް ތަންކޮޅެއް ތިލަކޮށްލުމަށްޓަކައި ތިރީގައި މިވަނީ މިބައިތަކުގެ ކުޑަ ތަފްޞީލެކެވެ.
1- މުޤައްދިމާ: މިއީ ތަޢާރުފް އެވެ.
2- ކީރިތި ޤުރްއާނުގެ ފިލާވަޅުތައް: މިއީ 25 ފިލާވަޅުގެ މައްޗަށް ބަހާލެވިގެން ތައްޔާރުކުރެވިފައިވާ ޢަރަބި އަކުރުތަކާ ބަސްތަށް ތަޖުވީދުގެ މަގަށް ކިޔަން ދަސްކޮށްދިނުމަށްޓަކައި އެކުލަވާލައިފައިވާ ބައެކެވެ.
3- ތަޖުވީދު: މިބައިގައި ހިމަނާފައިވާނީ ތަޖުވީދު ފަންނު ފޮތުގެ މަޢުލޫމާތެވެ.
4- ކީރިތި ޤުރްއާނުގެ މާތްކަން: މީގައި ހިމަނާފައިވާނީ ޤުރްއާނުގެ މާތްކަމާ ބެހޭ ގޮތުން މަޒުމޫނެކެވެ.
5- އާންމު މަޢުލޫމާތު:
* އިސްލާމީ ޢާންމު މަޢުލޫމާތު: މީގައި ހިމަނާފައިވާނީ އިންސާނުން އެބައިމީހުންގެ ދިރިއުޅުން ބައްޓަން ކުރަންޖެހޭ 4 ކަމެއްގެ މައްޗަށް އަލި އަޅުވާލައިފައިވާ މަޒުމޫނެކެވެ.
* ޝަހާދަތުގެ ދެކަލިމަ: މީގައި ހިމަނާފައިވާނީ އެ ދެކަލިމަ އާއި އެދެކަލިމައިގައި އެކުލެވިގެންވާ ޝަރުޠުތަށް ބަޔާންކޮށް ލިޔެފައިވާ މަޒުމޫނެކެވެ.
* އިސްލާމްކަން ގެއްލޭ ކަންތައްތައް: މިބައިގައި ހިމަނާފައިވާނީ މީހާގެ އިސްލާމްކަން ގެއްލުވާލަނިވި ވަރަށް ނުރައްކާތެރި 10 ކަމެކެވެ. މުސްލިމުން މިކަންތައްތަކާމެދު ވަރަށް ބޮޑަށް ސަމާލުވެ ތިބުން ވަރަށް މުހިންމެވެ.
* ނަމާދު: މިމަޒުމޫނުގައި އަލިއަޅުވާލައިފައިވާނީ ނަމާދުގެ މުހިންމުކަމުގެ މައްޗަށެވެ.
6- އަލީ ޒައިދުގެ ކިޔެވުން: މިބައިގައި ހިމަނާފައިވާނީ އަލީ ޒައިދު ކިޔަވާފައިވާ ޢަންމާފޮތުގެ އޯޑިއޯއެވެ.
* ޚާއްޞަ ނޯޓް:
މިބައިގައި މިހިމަނާލަނީ ކީރިތި ޤުރްއާނުގެ ފިލާވަޅުތައް ދަސްކުރުމަށްޓަކައި އިތުރު ފަސޭހަމަގެކެވެ.
* 3 އަހަރާ 8 އަހަރާ ދެމެދުގެ ކުދިން ފިލާވަޅުތައް 25 ފަހަރު މުރާޖަޢާކުރާށެވެ!
* 8 އަހަރާ 12 އަހަރާ ދެމެދުގެ ކުދިން ފިލާވަޅުތައް 20 ފަހަރު މުރާޖަޢާކުރާށެވެ!
* 12 އަހަރާ 16 އަހަރާ ދެމެދުގެ ކުދިން ފިލާވަޅުތައް 17 ފަހަރު މުރާޖަޢާކުރާށެވެ!
* 16 އަހަރާ 19 އަހަރާ ދެމެދުގެ ކުދިން މިފިލާވަޅުތައް 13 ފަހަރު މުރާޖަޢާކުރާށެވެ!
* 19 އަހަރުން މަތީގެ ބޭފުޅުން މިފިލާވަޅުތައް 10 ފަހަރު މުރަޖަޢާކުރައްވާށެވެ!
* އިތުރަށް މުރާޖަޢާ ކުރައްވަން އެދިލައްވާނަމަ، އެބޭފުޅަކަށް އަކުރުތައް ރަނގަޅަށް ދަސްވެލައްވަންދެން މުރާޖަޢާކުރައްވާށެވެ!
* އިސްވެ ދެންނެވި ޢުމުރުފުރާތަކުގެ ކުދިންނަށް ފިލާވަޅުތައް މުރާޖަޢާކުރުމުގައި ވަކި ޢަދަދުތަކެއް ކަނޑައަޅާފައިވާނީ އެ ޢުމުރުފުރާއެއްގެ ކުދިންނާ ގުޅޭގޮތުން ޢާންމުކޮށް ބަލާފައެވެ. ބައެއް ކުދިން ތަންކޮޅެއް އަވަހަށް ނަގައިގަނެއެވެ. އަނެއްބައި ކުދިންނަށް ތަންކޮޅެއް ލަހުން ނަގައިގަނެވެއެވެ. މިސަބަބުތަކަށްޓަކައި ޢަދަދު ކަނޑައަޅާފައިވާނީ މިބައިތަކަށް ވަރަށް ބޮޑަށް ރިޢާޔަތްކުރެވިގެންނެވެ.
މިފަދަ ދީނީ ޢިލްމަކީ އެންމެންނަށްވެސް ލިބިގެންވާ ޙައްޤެކެވެ. މިހެންކަމުން މި ސޮފްޓްވެއަރގެ އައިސޯ ފައިލް ޑައުންލޯދް ކުރައްވަންބޭނުންފުޅުނަމަ ތިރީގައިވާ ޑައުންލޯޑް ފިތަށް ފިތާލައްވާށެވެ.
އައިސޯ ފައިލް ސީޑީއަކަށް ރައިޓްކުރައްވައިގެން ނުވަތަ ކޮމްޕިޔުޓަރަށް މައުންޓް ކުރައްވައިގެންވެސް ބޭނުންކުރެއްވިދާނެއެވެ. އައިސޯފައިލްއާއި ކުޅެން އެނގިނުލައްވާނަމަ ކޮމެންޓެއް ކޮށްލައްވާށެވެ. އެއިރުން އަޅުގަނޑަށް އެކަމުގައި އެހީތެރިވެދެވިދާނެއެވެ. އައިސޯފައިލް ބޭނުންކުރައްވާނެ ގޮތުގެ އާޓިކަލެއް އިރާދަކުރެއްވިއްޔާ ލިޔެލެވޭތޯ ބަލައިނަމެވެ.





I think the download link has problem, can u correct the problem or give me any other link that I can download the program.
ReplyDeleteI need it very much.
I cant download pls help me
ReplyDeletedownload eh nuvey...so sad
ReplyDelete