

މި އެޑޯން ޑައުންލޯޑް ކުރެއްވުމަށް މި ލިންކަށް ކްލިކް ކޮށްލައްވާ! އިންސްޓޯލް ކުރެއްވުމަށްފަހު ފަޔަރފޮކްސް ނިއްވާލުމަށްފަހު އަލުންހުޅުވުމުން އެޑޯން އިންސްޓޯލްވީއެވެ. ދެން އޮތީ ދިވެހިރާއްޖޭގެ ނަމާދުވަގުތާއި އެންމެ ކައިރިކުރާ ވަގުތެއް ނަމާދުވަގުތުގެ ގޮތުގައި ކަނޑައެޅުމެވެ.

ޕްރޭޓައިމްސް ގެ ސެޓިންގްސްތަކުގެ ޖެނެރަލް ޓެބަށްގޮސް މަތީގައިވާގޮތަށް މޯލްޑިވްސް ޖައްސަވާފައި އޯކޭއަށް ފިއްތަވާލެއްވުމުން ނަމާދުވަގުތުތަކަށް ރާއްޖޭގެ ވަގުތުތައް އެކަށަ އެޅުނީއެވެ. ދެން އޮތީ ގަޑި ހަމަކުރަން ބޭނުންނަމަ ގަޑިހަމަކުރުމެވެ.

ދިވެހި ރާއްޖޭގެ ވަގުތު ދުނިޔޭގެ މެދުގެ ވަގުތަށް ވުރެ ( ޖީ. އެމް . ޓީ ވަގުތަށްވުރެ ) ފަސް ގަޑިއިރު އަވަހެވެ. މިހެންކަމުން މަތީގައިވާގޮތަށް GMT + 05:00 ހޮއްވަވާށެވެ.

ދެން ޑިސްޕްލޭޓެބަށްގޮސް ނަމާދުވަގުތު ފަޔަރފޮކްސްގައި ހަނދާންކޮށްދޭންވީ ގޮތާއި އެއްޗެހި ސެޓްކުރައްވާށެވެ. އިރު އަރާ ވަގުތާއި އިރުއޮއްސޭވަގުތު އަޅުގަނޑު ބޭނުންނުވާތީ އެ ދޭތޯގައި ޓިކެއް ނުކުރަމެވެ. އަދި ދެން އޮތް ނަމާދަށް ބާކީއޮތް ވަގުތު އަރާގޮތަށް ޑިސްޕްލޭމޯޑްގެ ދެވަނަ އޮޕްޝަން ޚިޔާތު ކުރީއެވެ.

މިބައި މީ ފުދޭވަރަކަށް އުނދަގޫ ބައެކެވެ. މިބަޔަކީ ނަމާދުގެ އަސްލު ވަގުތު ސެޓްކުރުމަށް ބޭނުންކުރާ ބައެވެ. މިބަޔާ ބެހޭގޮތުން އިނގިރޭސި ބަހުން އިތުރަށް އޮޅުންފިލުވަން ބޭނުންފުޅުނަމަ މި ލިންކަށް ކްލިކް ކޮށްލައްވާށެވެ. އަޅުގަނޑަށް އެންމެ ރަނގަޅުކަމަށް ފެނުނީ މުސްލިމް ވާރލްޑް ލީގްގެ ކަލްކިއުލޭޝަންތަކެވެ. އަދި ޝާފިޢީ މަޜްހަބުގައި އަސްރު ވަގުތަށް ބަލާވަގުތު ހޮވައި އޭންގަލް ބޭސްޑްކޮށް މަތީ ލެޓިޓިއުޑްސް ބަލާގޮތަށް ސެޓްކޮށްފައިވާތަން މަތީގައިވާ ސްކްރީންޝޮޓުން ފެނިވަޑައިގަންނަވާނެއެވެ.

ނަމާދު ވަގުތު ޖެހުމުން ހަނދާންކޮށްދޭންވީ ކޮން ރާގަކުންކަމާއި އަރުވަންވީ ކޮން ލިޔުމެއްކަން މިބައިން ސެޓްކުރެވޭނެއެވެ. ނަމާދުވަގުތުގައި ނުވަތަ ވަގުތު ޖެހުމުގެ ކުރިން ނަމާދު ވަގުތު ހަނދާން ކޮށްދޭ ގޮތަށް ހެދިދާނެއެވެ. ތިޔަބޭފުޅާއަށް ކަމުދާ ބަންގިއެއް ޑައުންލޯޑް ކުރެއްވުމަށް މިތަނަށް ކްލިކްކޮށްލައްވާޑެވެ. އަދި ވޮލިއުމް ބޭނުންވަރަކަށް މަތިކޮށް ތިރިކޮށް ހެދޭނެއެވެ.

މިއީ އެޑްވާންސްޑް (ކުރިއަރާފައިވާ ) ޓެބެވެ ! (ހިހި ) މިޓެބް ބޭނުންކޮށްގެން މިއެޑޯން ސްޓޭޓަސްބަރ ހުންނަން ބޭނުންވާގޮތް ޚިޔާރު ކުރެވިދާނެއެވެ. އަދި މައުސް ކާޒަރ އެޑޯންގެ ޓެބްމައްޗަށް އެރުވުމުން އަރުވަން ބޭނުން ތަކެތި ކޮންފިގަރ ކުރެވިދާނެއެވެ.

ޕްރޭޓައިމްސް އަށް ރައިޓްކުލިކްކޮށްލެއްވުމުން މަތީގައިވާ މެނޫ ފެނިވަޑައިގަންންނަވާނެއެވެ. މިބައިން ކަލެންޑަރުގޮތައް ނަމާދުވަގުތުތައް ބަލައިލެވޭނެއެވެ.

މިއީ ކަލެންޑަރު ފޯމެޓަށް ނަމާދުވަގުތުތަށް ހުށަހަޅައިދީފައިވާ ވިންޑޯއެވެ.
ޢަޅުގަނޑުގެ ގަޑި 7 ވަރަކަށް މިނެޓް އަވަސްވާނެއެވެ. އެއީ ހަމަ އަވަސްކޮށްލައިފައެވެ.

ޙާއްސަ:
މި ސޮފްޓްވެއަރއަށް ކޮށްދެވޭނެކަމަކީ ނަމާދު ވަގުތު ހަނދާން ކޮށްދިނުމެވެ. ނަމާދެއް ނުއެއްކޮށްދެވޭނެއެވެ. ނަމާދު ކުރުމަކީ ތިމާގެ ކަމެކެވެ. ނަމާދު އަޅައިފިމީހާ ފަހެ ދީނުގެ ތަނބު މުގުރައިފިކަން ކަށަވަރެވެ.
ޝުކުރިއްޔާ!
Thanks for the Details. its really helps to me, and god bless you
ReplyDeleteAmen..