web 2.0

8.23.2010

ރޯދަ ގެއްލޭ ކަންތައްތައް

1431 ވަނަ އަހަރުގެ ރަމަޟާން މަސްވެސް ނިމިގެން ދަނީއެވެ. މިފަހަރުގެ ރޯދަމަހު އަޅުގަނޑުގެ ކުރިމަތީގައި ހަށިގަނޑު ޖާނޫ ވަރުގަދަ ފިރިހެނުންތަކެއް ވަނީ ރޯދަގެއްލުވައިލައިފައެވެ. ފިހާރައަށްގޮސް ރޯދަވީއްލުމަށް ތަކެތި ގަންނާށޭ ކިޔައިފައި ތަކެތި ގަނެގެންގޮސް ރޯދަގެއްލުވާލީއެވެ. އަދި އަހައެވެ. "ކަލޭ ކީއްވެ ބިރުގަންނަނީ ރޯދަ ގެއްލުވާލަން ؟ "
މި މީހުން މި އެދޭ ސަބަބެއް ބުންޏަސް މިމީހުނަށް ވިސްނޭނެތޯއެވެ؟ ވިސްނޭނެނަމަ ބިރުގަންނަނީ ކީއްވެތޯ ސުވާލު ކުރީސް ހެއްޔެވެ؟

ރޯދަގެއްލޭކަންތައް 6 ކެވެ. އެއީ:
1. ގަސްތުގައި ކެއުމާއި ބުއިން
2. ގަސްތުގައި ހޮޑުލުން
3. ޙައިޟް ނިފާސްކަމުގެ ލޭ ފެނުން
4 . ޖިމާޢުވުން
5. ގަސްތުގައި މަނި ބޭރުކުރުން
6. މުރުތައްދުވުން

ޖިމާޢުވުމުގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބކާހުރެ ނިދިން ހޭލިއިރު ޖުނުބުވެރި ވެފައިވާނަމަ އެދުވަހު ރޯދައަށް ހުރެވޭނެއެވެ. ނަމަވެސް ނަމާދުކުރުމަށްޓަކައި ހިނައިގަންނަން ޖެހޭނެއެވެ.

ރޯދައަށް ހުރެ ޝަހުވަތްތެރިކަން އަންނަގޮތަށް އަނބިމީހާއަށް ބޮސްދީ ލޯބިކޮށް ހެދުމަކީ ހުއްދަކަމެއް ނޫނެވެ. ނަމަވެސް މިގޮތައް ކަންތައްކުރުމުން މަނިބޭރުނުވާނަމަ ރޯދައެއް ނުގެއްލޭނެއެވެ.

ރަމަޟާންމަހުގެ ރޯދަ ޤަޞްދުގައި ދޫކޮށްލާ މީހުންގެ ޙުކުމް:

1. ރޯދަ ޤަޟާކުރަން ޖެހޭ މީހުން : ބައްޔެއްގެ ސަބަބުން ރޯދަ ދޫކުރާ މީހާ ، ދަތުރެއްގައި ވުމުގެ ސަބަބުން ރޯދަ ދޫކުރާ މީހާ، ޙައިޟު ނިފާސްކަމުގެ ސަބަބުން ރޯދަދޫކުރާ އަންހެނާ ، އަމިއްލަ ނަފްސަށް ގެއްލުމެއްވެދާނެކަމަށް ރޯދަ ދޫކުރާ މާބަނޑު އަންހެނާއާއި ކިރުމައިންނެވެ.

2. ރޯރަ ޤަޟާކުރުމާއެކު ފިދުޔަ ދޭންޖެހޭ މީހުން: ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ވެދާނެކަމަށް ރޯދަ ދޫކޮށްލާ މާބަނޑު މީހާއާއި ކިރުމައި މީހާއެވެ.

3. ހަމައެކަނި ފިދްޔަ ދޭންޖެހޭމީހުން : މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން ނުވަތަ ފަސޭހަނުވާނޭ ބޮޑު ބައްޔެއްގެ ސަބަބުން ރޯދަ ހިފުމަށް ނުކުޅެދޭ މީހުން

 4. ޤަޟާކުރުމާއެކު ކައްފާރާ ދޭންޖެހޭ މީހުން : ރަމަޟާންމަހު ދުވާލު ރޯދައަށް ހުރިކަން ހަނދާނުގައި ހުރެ ( ޤަސްތުގައި ) ޖިމާޢުވާމީހުން

ކައްފާރާ:
ހ. މުއުމިނު އަޅަކު މިނިވަން ކުރުން ( މިޒަމާނުގައ ނުކުރެވޭ )
ށ. ރޯދަދޫކޮށްލި ދުވަސް ފިޔަވާ ވިދިވިދިގެން 2 މަސްދުވަހު ރޯދަހިފުން
ނ. ވިދިވިދިގެން 2 މަސްދުވަހު ރޯދަހިފަން ނުކުޅެދުނުނަމަ 60 މިސްކީނުންނަށް ކާންދިނުން

ޙަދީޘް ފުޅެއްގައި ވެއެވެ: (އަޞްޙާބު ސުނަނު ވަ އަޙްމަދު )
ﷲ ތަޢާލާ ހުއްދަކުރައްވައިފައިވާ ސަބަބު ތަކުގެ ތެރެއިން ސަބަބަކާއި ނުލައި (ޤަސްތުގައި ) ރަމަޟާންމަހުގެ ރޯދައެއް ދޫކޮށްލައިފި މީހާ ، ފަހެ އޭނާގެ މުޅި އުމުރުގައި ރޯދަހިފިކަމުގައިވިޔަސް އެރޯދައިގެ ޘަވާބު ފުރިހަމަ ނުވާހުއްޓެވެ.

ރަމަޟާންމަސް އަންނަނީ އަހަރަކު އެއްފަހަރުއެވެ. ވީމާ ރަމަޟާންމަހުގެ ބޭނުން ހެޔޮގޮތުގައި ހިފަމާ ހިނގާށެވެ.
Share/Bookmark

0 ޚިޔާލު:

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home