މަސްތުވާތަކެއްޗަކީ މީހާއަށްކުރެވޭ އިހްސާސްއާއި ވިސްނާގޮތާއި އުޅުން ބަދަލުކޮށްލާ ކޮންމެ އެއްޗެކެވެ. އެއެއްޗެއް ބޭނުންކުރުމުން ހަމަބުއްދި ފިލައިދައި ކޮންމެ އެއްޗެކެވެ.
އެކިމީހުނަށް އެކިބާވަތުގެ މަސްތުވާތަކެތިން ކުރާ އަސަރު ތަފާތެވެ. ބައެއް އެއްޗެތިން ވަގުތީ އަރާމެއްފޯރުވައިއިރު އަނެއްބައި އެއްޗެތިން މީހާގެ ހަކަތަ އިތުރުކުރުވައެވެ. ބައެއްފަހަރު ވަރަށްބޮޑު އުފަލެއްގައި އުޅެވޭހެންވެސް ހީކުރުވައެވެ. އެހެންނަމަވެސް މިއީ ހައްތަހާވެސް ވަގުތީ ކަންތައްތަކެވެ. ވަގުތީ އިހުސާސްތަކެކެވެ. އެބޭނުންކުރުމަށްފަހު އޭގެ އަސަރު ކެނޑިގެންދިއުމުން މީހާ އެކަނިވެރިކުރުވާ ، ފިކުރުބޮޑުކުރުވައެވެ. އަދި މީގެ ސަބަބުން އަނެއްކާވެސް އެތަކެއްޗާއިދިމާލަށް ދެވޭގޮތްވެއެވެ.
މަސްތުވާތަކެތި ބޭނުންކުރާކަމުގެ ބައެއް އަލާމާތްތައް:
- ދޮގުހެދުން- ވައްކަންކުރުން
- ސިއްރުންފޯންކުރުމާއި އޮޅުވާލުން
- އެއްކޮށް އުޅޭ ރަޙްމަތްތެރިންނަށް ނާންގާ އުޅުން
- އުޅޭތަންތަން ނާންގަން އުޅުން
- އެއްވެސް ކަމެއް ކުރާހިތް ނުވުން
- ދިރިއުޅުމުގައި އެއްވެސް ފިކުރެއްނެތުން
- ސްކޫލުގައި އަޙްލާޤީ މައްސަލަތައް ގިނަވުން
- ތުރުތުރު އެޅުން
- ނިދިއައިސްފައި ހުރުން
- ލޯ ރަތްވުން
- ލޯ ކައިރި ކަޅުވުން
- ވާހަކަ ދައްކާއިރު އަނގައިގައި ވަރުނެތުން
- ކެއުންމަދުވުން / މާގިނައިން ކެއުން
- ލޯ ވަޅުވަދެފައި ހުރުން
- ހަށިގަނޑު އަނަރޫފަވުން
- ..............
ދީނީގޮތުން ބަލާއިރު ، ޙަދީޥްފުޅެއްގައިވެއެވެ.
الخمر أم خبا اث
" ބަނގުރަލަކީ ހުރިހާ ނުބައިކަމެއްގެ ، ފާފައެއްގެ އަޞްލެވެ. "
ބަނގުރަލަކީ މަސްތުވާކޮންމެއެއްޗެކެވެ، އަދި ބަނގުރަލުގެ ސަބަބުން މާތް ﷲ ، 10 ފަރާތަކަށް ލަޢްނަތްލައްވައިފައިވެއެވެ. އެ ދިހަ ފަރާތަކީ ކޮންބައެއްކަން ބެއްލެވުމަށް އަޅުގަނޑުގެ މި އާޓިކަލް ބައްލަވާލައްވާށެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ މިއަދުގެ ދުނިޔޭގައި ބައިނަލް އަގުވާމީގޮތުން ފާހަގަ ކޮށްލެވޭވަރަށްބޮޑު މައްސަލައެކެވެ. މިމައްސަލަ ހައްލުކުރުމަށް ދަނީ ގައުމުގެފެންވަރުގަޔާއި ބައިނަލް އަގުވާމީ ފެންވަރުގައި މަސްތުވާތަކެތި މަނާ ކުރާނެ ގޮތަކާއި މެދު ހިޔާލު ފާޅުކޮށް ބަހުސް ކުރެވެމުންނެވެ. ނަމަވެސް އަދިއަދަށްވެސް މިކަމަށްވަނީ އެކަށީގެންވާހައްލެއް ނުލިބިފައެވެ.
މިގޮތުން ބަނގުރަލުގެ އިތުރުން މިފަހަކަށް އައިސް ދުނިޔޭގެ އެކިއެކިގައުމުތަކުގައި ތައާރަފް ވަމުންދާ މަސްތުވާ ތަކެތިގެބާވަތްތައް މިދަނީ ދިވެހިރާއްޖޭގައިވެސް އިތުރުވެ ފުޅާވަމުންނެވެ. އަޅުގަނޑުމެންގެ މިކުޑަމުޖްތަމައުގައި އެއްދުވަހުން އަނެއް ދުވަހަށް މަސްތުވާތަކެތި ބޯމީހުންނާއި މިތަކެތި އެތެރެކޮށް ވިޔަފާރިކޮށްހަދާ މީހުންދަނީ ގިނަވަމުންނެވެ. ހިތާމަޔަކީ އަޅުގަނޑުމެންގެ ޅަދަރީންވެސް މަސްތުވާތަކެތީގެ ޝިކާރަޔަކަށްވެ މުޖްތަމަޢު ތެރޭގައިބާކީވެ ގެއްލި ހަލާކުވަމުން ދިއުމެވެ. އަޅުގަނޑުމެންގެ މިރާއްޖެއަށް ނަޒަރު ހިންގާ ބަލާލި ކަމުގައިވިޔަސް މަސްތުވާ ތަކެތީގެ މައްސަލާގައި ހިތާމަ ކުރަން ނުޖެހޭ އާއިލާއެއް މަދުވާނެ އެވެ. މަސްތުވާތަކެތީގެ ސަބަބުން މިގައުމަށްވެސް ދަނީ ނޭދެވޭ އެތަށް އަސަރުތަކެއް ކުރަމުންނެވެ.
މަސްތުވާތަކެތީގެ ސަބަބުން މައިންބަފައިންނާއި އަނބިދަރިން ވަކިނުވުމާއި ވައްކަމާއި ފޭރުން ކަހަލަ އިންސާނިއްޔަތާއި ހިލާފު އެތައްކަމެއް މިކުޑަމުޖްތަމައުގައި ދަނީ ހިގަމުންނެވެ. މިހެންވުމުގެސަބަބުން މިޤައުމުގައި ދިރިއުޅެމުންދާ މީހުން ތިބެންޖެހެނީ މަސްތުވާތަކެތީގެ މައްސަލައިގެ ސަބަބުން ހާސްވެކަންތައް ބޮޑުވެ ބިރުވެރިކަމެއްގެ ތެރޭގައެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށްޓަކާ ދުނިޔޭގެ އެހެންގައުތަކަށް ވުރެން ބޮޑަށް ދިވެހިރާއްޖޭގައި މިއަދު މިއޮތީ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ. މިގޮތުން އަޅުގަނޑުމެންގެ މިދިވެހިރާއްޖެއަކީ އިގުތިސާދީގޮތުން އެހާފުއްދުންތެރި ވަސީލަތްތައް މަދު ގައުމަކަށްވާއިރު ބޭނުން ކުރަންޖެހޭ ހުރިހާ ތަކެއްޗަކީ ދުނިޔޭގެ އެހެން ގައުމުތަކުން ގެނެވޭ ތަކެއްޗަށް ވާއިރު މިތަކެތި އެތެރެވާއިރު މަސްތުވާތަކެތީގެ މައްސަލަ ތަކަށް ވިސްނާލުމަކީ އެޅިގެންދާނެ ވަރަށް މުހިއްމު ފިޔަވަޅެކެވެ. މީގެއިތުރުން މިހާރުން މިހާރަށް ވެސް ދިވެހިރާއްޖޭގައި މަސްތުވާތަކެއްޗާއިބެހޭ އެކަށީގެންވާ ގާނޫނެއް ހަދާ އެކަށީގެންވާ އުސޫލުތަކެއް ކަނޑައަޅައި ތަންފީޒުކުރުމަކީ މަސްތުވާތަކެތީގެ މައްސަލައިގެ ހައްލަކަށް ވެގެންދާނެ ކަމެކެވެ. އަދި ސިއްހީގޮތުން ލިބޭގެއްލުންތަކުގެ މައްޗަށް ހޭލުން ތެރިކުރުމަށާއި މާތްވެގެންވާ އިސްލާމް ދީނުގައި މަސްތުވާތަކެތީގެ މައްސަލައި ހުރިގޮތްތައް ބުނެދީ ޕްރޮގުރާމްތައް ހިންގިދާނެއެވެ.
މަސްތުވާތަކެތިގެ މައްސަލަ އަކީ މިއަދު އަޅުގަނޑުމެން އެންމެ ގުޅިގެން މިހާރުން މިހާރަށް އެކަށިގެންވާ ހައްލެއް ގެންނަން ޖެހިފައިވާ ގައުމީ މައްސަލައެކެވެ.
0 ޚިޔާލު:
މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.