އީ - ޤާރީ އަކީ ކީރިތި ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ގޮތުން ހަދާފައިވާ ޕުރޮގްރާމެކެވެ. ޤުރުއާން އުނގެނުމަކީ މި ޒަމާނަކީ ޓެކްނޮލޮޖީގެ ޒަމާންކަމުން މިފަދަ ސޮފްޓްވެއަރ އެއްގެ ބޭނުންތެރިކަން މިވަނީ ވަރަށްބޮޑަށް ބޭނުންވެފައެވެ.
މިޕުރޮގްރާމްގައި ހިމެނިފައިވާ ބައިތައް ތަންކޮޅެއް ތިލަކޮށްލުމަށްޓަކައި ތިރީގައި މިވަނީ މިބައިތަކުގެ ކުޑަ ތަފްޞީލެކެވެ. (މި ޕްރޮގްރާމްގައި މައިގަނޑު 6 ބައެއް އެކުލެވިގެންވެއެވެ.)
____________________________________________________________________
1- މުޤައްދިމާ: މިއީ ތަޢާރުފް އެވެ.
2- ކީރިތި ޤުރްއާނުގެ ފިލާވަޅުތައް: މިއީ 25 ފިލާވަޅުގެ މައްޗަށް ބަހާލެވިގެން ތައްޔާރުކުރެވިފައިވާ ޢަރަބި އަކުރުތަކާ ބަސްތަށް ތަޖުވީދުގެ މަގަށް ކިޔަން ދަސްކޮށްދިނުމަށްޓަކައި އެކުލަވާލައިފައިވާ ބައެކެވެ.
3- ތަޖުވީދު: މިބައިގައި ހިމަނާފައިވާނީ ތަޖުވީދު ފަންނު ފޮތުގެ މަޢުލޫމާތެވެ.
4- ކީރިތި ޤުރްއާނުގެ މާތްކަން: މީގައި ހިމަނާފައިވާނީ ޤުރްއާނުގެ މާތްކަމާ ބެހޭ ގޮތުން މަޒުމޫނެކެވެ.
5- އާންމު މަޢުލޫމާތު:
* އިސްލާމީ ޢާންމު މަޢުލޫމާތު: މީގައި ހިމަނާފައިވާނީ އިންސާނުން އެބައިމީހުންގެ ދިރިއުޅުން ބައްޓަން ކުރަންޖެހޭ 4 ކަމެއްގެ މައްޗަށް އަލި އަޅުވާލައިފައިވާ މަޒުމޫނެކެވެ.
* ޝަހާދަތުގެ ދެކަލިމަ: މީގައި ހިމަނާފައިވާނީ އެ ދެކަލިމަ އާއި އެދެކަލިމައިގައި އެކުލެވިގެންވާ ޝަރުޠުތަށް ބަޔާންކޮށް ލިޔެފައިވާ މަޒުމޫނެކެވެ.
* އިސްލާމްކަން ގެއްލޭ ކަންތައްތައް: މިބައިގައި ހިމަނާފައިވާނީ މީހާގެ އިސްލާމްކަން ގެއްލުވާލަނިވި ވަރަށް ނުރައްކާތެރި 10 ކަމެކެވެ. މުސްލިމުން މިކަންތައްތަކާމެދު ވަރަށް ބޮޑަށް ސަމާލުވެ ތިބުން ވަރަށް މުހިންމެވެ.
* ނަމާދު: މިމަޒުމޫނުގައި އަލިއަޅުވާލައިފައިވާނީ ނަމާދުގެ މުހިންމުކަމުގެ މައްޗަށެވެ.
6- އަލީ ޒައިދުގެ ކިޔެވުން: މިބައިގައި ހިމަނާފައިވާނީ އަލީ ޒައިދު ކިޔަވާފައިވާ ޢަންމާފޮތުގެ އޯޑިއޯއެވެ.
.
މިފަދަ ދީނީ ޢިލްމަކީ އެންމެންނަށްވެސް ލިބިގެންވާ ޙައްޤެކެވެ. މިހެންކަމުން މި ސޮފްޓްވެއަރގެ އައިސޯ ފައިލް ޑައުންލޯދް ކުރައްވަންބޭނުންފުޅުނަމަ ތިރީގައިވާ ޑައުންލޯޑް ފިތަށް ފިތާލައްވާށެވެ. މިހާރު އުންމީދު ކުރެވެނީ އައިއޯއެސްއަށް ނުވަތަ އެންޑްރޮއިޑް އަށް މިފަދަ އެޕްލިކޭޝަން އެއް އައުމަށެވެ.
އައިސޯ ފައިލް ސީޑީއަކަށް ރައިޓްކުރައްވައިގެން ނުވަތަ ކޮމްޕިޔުޓަރަށް މައުންޓް ކުރައްވައިގެންވެސް ބޭނުންކުރެއްވިދާނެއެވެ. އެއިރުން އަޅުގަނޑަށް އެކަމުގައި އެހީތެރިވެދެވިދާނެއެވެ. އައިސޯފައިލް ބޭނުންކުރައްވާނެ ގޮތުގެ އާޓިކަލެއް އިރާދަކުރެއްވިއްޔާ ލިޔެލެވޭތޯ ބަލައިނަމެވެ.
މި ސޮފްޓްވެއަރ ބޭނުންކުރެވޭނީ ވިންޑޯސް އޮޕަރޭޓިންގ ސިސްޓަމްސް ތަކުގައި އެކަންޏެވެ. (On Windows)
0 ޚިޔާލު:
މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.