web 2.0

4.09.2010

ދިވެހި ބަސްބަހުގެ މާނަ އޮންލައިންކޮށް ރަދީފްއާއި ބަސްފޮތް މެދުވެރިކޮށް ހޯއްދަވާ!

2006 ވަނަ އަހަރު ، "ދިވެހި ބަސްފޮތް 2006" ގެ ނަމުގައި ދިވެހިބަހާއި ތާރީހަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން ކޮމްޕިޔުޓަރ އެޕްލިކޭޝަނެއްނެރުނެވެ. މީގެ ކުރީގެ ބައެއް އަހަރުތަކުގައިވެސް  މި ސޮފްޓްވެއަރ ނެރެފައިވެއެވެ.  އާބަސްތައް ބަސްފޮތައް އިތުރުވާކޮންމެ ފަހަރަކު ނުވަތަ ބަހެއްގެ މާނަ ބަދަލުވާ ކޮންފަހަރަކު ބަސްފޮތް އަޕްޑޭޓް ކުރަންޖެހެއެވެ. ނަމަވެސް ބަސްފޮތް އޮންލައިންކޮށް ބޭނުންކުރެވުމަކީ ސޮފްޓްވެއަރ އެއް އިންސްޓާލްކޮށް އަޕްޑޭޓްކުރުމަށްވުރެ މާފަސޭހަކަމެކެވެ. ބަސްތައް އަޕްޑޭޓްކުރަންފަސޭހަވެފައި ވަގުތު ސަލާމަތްކުރެވެއެވެ.
މި ލިޔުމުގައި އަޅުގަނޑުބަލައިލާނީ ދިވެހި ބަހާއި ތާރީހަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ސައިޓްގައި ހޯސްޓްކޮށްފައިވާ ބަސްފޮތުގެ ސާޗްއެންޖީނަށާއި ރަދީފް ޑޮޓްކޮމް އަށެވެ.



ދިވެހިބަހާއި ތާރީހަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ސައިޓްގައިވާ ރަދީފްބޭނުންކުރެއްވުމަށް މި ލިންކަށް ފިއްތަވާލައްވާށެވެ. މިސައިޓުގައި ތާނައިން ޓައިޕްކުރުމަށް [DI] ލޭންގުއޭޖް ބާރ އިން ހޮއްވަވާށެވެ. ލޭންގުއޭޖްބާރގައި ނެތްނަމަ އަޅުގަނޑުގެ މި އާޓިކަލް ކިޔުއްވާލައްވާށެވެ.
މި ސައިޓްގައި ބަސްލިޔެލާއިރަށް ވަގުތުން ވަރަށް އަވަހަށް ލިޔުނުބަހާއި އެންމެ ގުޅޭބަސްތައް ފެނިވަޑައިގަންނަވާނެއެވެ. ދެން ބޭނުންފުޅުވާ ބަހަށް ކްލިކް ކޮށްލެއްވުމުން އެބަހުގެ މާނަ ފެނިވަޑައިގަންނަވާނެއެވެ.



ރަދީފް.ކޮމް އަށް ޒިޔާރަތްކޮށްލެއްވުމަށް މި ތަނަށް ކްލިކް ކޮށްލައްވާށެވެ!
ރަދީފް.ކޮމް އަކީވެސް މަރުކަޒުގެ ބަސްފޮތުގައިވާ ބަސްތަކުގެ މައްޗަށް އަމިއްލްފަރާތަކުން އެކުލަވާލައިފައިވާ ސައިޓެކެވެ. މިސައިޓުންވެސް މަރުކަޒުގެ ސައިޓާއި އެއްގޮތައް ބަސްޓައިޕްކޮށްލާތާ ހިނދުކޮޅެއްގެ ތެރޭގައި ހޯދުނުބަސްތައް ފެންނާނެއެވެ، ނަމަވެސް ލޭންގުއޭޖްބާރ [DI]އަށް ބަދަލުކުރާކަށް ނުޖެހެއެވެ. އެހެނެއްކަމަކު ތިޔަބޭފުޅާއަށް ފަސޭހަފުޅުވާކީބޯޑެއް ހޮއްވެވޭނެއެވެ.

ބަސްފޮތް 2006 އަކަށްފަހު ސޮފްޓްވެއަރ ބަސްފޮތެއްނެރެފައިވާކަމެއް އަޅުގަނޑަކަށްނޭނގެއެވެ. ނެރެފައިވާނަމަ އެކަން ކޮމެންޓަކުން އަންގައިލަދެއްވާށެވެ.

ޝުކުރިއްޔާ!

|ބަސްފޮތް| |ރަދީފް|
Share/Bookmark

4 comments:

  1. Anonymous9/4/10 22:17

    www.basfoiy.com

    amillah farudhegge masakkaiy

    ReplyDelete
  2. Annonymous އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

    ReplyDelete
  3. ދެންމެ ވަރަށްދިގު ކޮމެންޓެއް ލިޔެ ނިންމާލިތަނާ ކޮންމެވެސް "ކުކީސްއެއްގެ" މައްސަލައަކުން ލިޔުނު ހުރިހާ އެއްޗެއް ވީ ބޭކާރު.
    އޭގެ ޚުލާޞާއަކީ:
    -ބަސްފޮތް 2006ގެ ކުރިން އެހެން 2 ސޮފްޓްވެއަރއެއް ބޭނުންކޮށް އުޅުނު.
    -ފުރަތަމައީ: ހަނދާނަށް އަންނ ގޮތުގައި، ބަސްފޮތް 2002. އޭގެ ސީޑީއެއް އެއްވެސް އެއްޗެއް މިހާރު އަޅުގަނޑު އަތަކު ނެތް.
    -ދެވަނައީ: ރަދީފު 2005. އޭގެ ސީޑީ އަޅުގަނޑުގެ އަތުގައި އެބައޮތް. ހުޅުވާ ސިޓީގައި އޮންނަނީ "ޢަބްދުލް ޙަމީދު ޢަބްދުއްނާޞިރު" ލޯގޯގައި އޮންނަނީ "ސަމްދާން ސާރވިސަސް ޕވޓ. ލޓޑ." ނަމަވެސް މި ޕޮރުގުރާމް ބޭނުން ކުރެވެނީ އެކްސްޕީ ނުވަތަ 2000 އިން. ބަސްފޮތް 2006 ގައި ބޭނުންކޮށްފައިވާ ޑޮޓްނެޓް ޓެކްނޮލޮޖީގެ ބަލަލުގައި ކުރީގެ (ވިޜުއަލް ސްޓޫޑިއޯ 6 ގެ ޒަމާނުގެ) ޜެކްނޮލޮޖީ ބޭނުންކޮށްފައިވުމުން ކުރީގެ ސޮފްޓްވެއަރ ތައް މާބޮޑަށްވެސް ފާސްޓުވެފައި ސާދާ. އަދި ރަދީފު 2005 ގައި ބައެއް ބަސްބަހުގައި އެއާއި ގުޅޭ ފޮޓޫވެސް ހުރޭ ކަންނޭނގެ ހަނދާންވާ ގޮތުގަ. މީގެ އިތުރުން ކުރީގެ ސްފްޓްވެއަރތަކުގައި، (އޭރުގެ ޓެކްނޮލޮޖީގެ ލިމިޓޭޝަންތަކުގެ ސަބަބުން) ބޭނުންކޮށްވައިވަނީ "އެކްސްޕީ" ތާނައިގެ ބަދަލުގައި "ރެކޯރޑަރ" ބޭނުންކުރި ޒަމާނުގެ (އިނގިރޭސި އަކުރު ބޭނުންކުރާ، މިސާލަކަށް ހަވީރު އޮންލައިން ވެބްސައިޓު) ތާނަ.
    (ކުރީގައި އަޅުގަނޑު ހިއްސާކޮށްފައިވާ "ޤުރުއާން ތަރުޖަމާ ސޮފްޓްވެއަރ" އައިޑިއާގައި ވާނީ މިލިމިޓޭޝަންތައް ގިރާކޮށްފަ. އަދި ޚާއްޞަކޮށް މިފަދަ ސޮފްޓްވެއަރއަކަށް އޭރުގައިނަމަ މިދެންނެވިގޮތް ވަރަށް ކަމުދާނެ)

    ReplyDelete
  4. ރައްޒާޤް ތިޔަ ދެއްވި ޚުލާސާ މަޢުލޫމާތައް ވަރަށްބޮޑަށް ޝުކުރިއްޔާ!

    ReplyDelete

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home