
އަހަރެމެން ކިތަންމެވަރަކަށް ޤުރުއާން ކިޔެވިކަމުގައިވީނަމަވެސް ޤުރުއާނުގައި އެ ބުނާއެއްޗެއް ނޭނގޭހާ ހިނދަކު އެ ޤުރުއާނަށް ޢަމަލު ކުރުމަކީ މުސްތަޙީލްކަމެކެވެ. ޤުރުއާން ބާވައިލެއްވުނީ ޢަރަބިބަހުންކަމަށް ވާތީ ޤުރުއާނުގެ މާނަ ދެނެގަންނަން ބޭނުންނަމަ އަހަރެމެން ޖެހޭނީ އަރަބި ބަސް ދަސްކުރާށެވެ. ނުވަތަ ވާހަކަ ދައްކާއުޅޭބަހުރުވައިން ޤުރުއާނުގެ ތަރުޖަމާ ދެނެގަންނާށެވެ.މި ގޮތުން އަޅުގަނޑު މި ލިޔުމުގައި މި ހުށަހަޅާލަނީ ތިޔަބޭފުޅުންނަށް ޤުރުއާނުގެ ތަރުޖަމާ ދިވެހިބަހުން އޮންލައިންކޮށް ވިދާޅުވެވޭނެ ގޮތެކެވެ.
ކީރިތިޤުރުއާނުގެ ދިވެހި ތަރުޖަމާ އޮންލައިންކޮށް ފަސޭހަކަމާއެކު ބައްލަވައިލައްވަން ބޭނުންފުޅުނަމަތަންޒީލް ޑޮޓް އިންފޯ އަށް ވަޑައިގަންނަވާށެވެ.

ތަންޒީލް އަށް ވަޑައިގެންނުވުމުން އަރިމަތިން ފެނިވަޑައިގަންނަވާ Translation ފޮށި ހޮއްވަވާފައި "ދިވެހި" ޚިޔާރުކުރައްވާށެވެ.


ދިވެހި ހޮއްވެވުމަށްފަހު "ފިކްސްޑް ޓްރާންސްލޭޝަން ބޮކްސް" ހޮއްވަވައިފިނަމަ ދިވެހި ތަރުޖަމާ ފެނިވަޑައިގަންނަވާނީ އެއާޔަތަކަށް ކުލިކް ކޮށްލެއްވުމާއެކު އެ އާޔަތުގެ ކަނާތު އަރިމަތީގައި 4 ކަން ގޮޅިއެއްގެ ތެރޭގައެވެ.


"ޓްރާންސްލޭޝަން އޮން މައުސް އޯވަރ" ހޮއްވަވައިފިނަމަ ކޮންމެ އާޔަތަކާއި ދިމާއަށް މައުސް ކާޒާ ގެންދަވާއިރަށް ތަރުޖަމާ ޕޮޕްއަޕްވާނެއެވެ.

"ނަން" ހޮއްވަވައިފިނަމަ ތަރުޖަމައެއް ފެނިވަޑައެއް ނުގަންނަވާނެއެވެ.

ދިވެހި ތަރުޖަމާ އެކަނި ބައްލަވައިލައްވަން ބޭނުންފުޅުނަމަ ޤުރުއާން މަތީގައިވާ ގޮތަށް "Translation" އަށް ކުލިކް ކޮށްލައްވާށެވެ.
ތަރުޖަމާގެ އިތުރަށް މި ސައިޓުން ކުރެވޭ ބައެއް ކަންތައްތައް:

Search
މިބައި މެދުވެރިކޮށް ވަކި ޚާއްސަ ކަލިމައެއް ޤުރުއާނުން ހޯދައި ލެވިދާނެއެވެ.Browse
މިއީ ބޭނުންފުޅުވާ ސޫރަތެއް، ނުވަތަ ސޫރަތެއްގެ އާޔަތެއް ، ޞަފްޙާ ނަމްބަރަކަށް ފަސޭހަކަމާއި އަވަސްކަމާއެކު ދިއުމަށް ބޭނުންކުރާ ބައެވެ.Recitation
މި ސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޤުރުއާން އަޑުވެސް އެހިދާނއެވެ. ބޭނުންފުޅުވާ ބޭފުޅެއްގެ ކިޔެބުން ހޮއްވެވުމަށްފަހު ޕްލޭބަޓޮނަށް ފިތާލައްވާށެވެ. 
މި ސައިޓުގެ މަތީގައިވާ ޑައުންލޯޑް ލިންކަށް އޮބާލެއްވުމުން ބޭނުންހިފިދާނެ މުޙިއްމު ފޮންޓްތަކަކާއި ޤުރުއާން ، ތަރުޖަމާ އަދި ޒެކްރު ސޮފްޓްވެއަރ ޑައުންލޯޑްކުރާން ލިންކުތަކެއް ހުޅުވެއެވެ.
ޝުކުރިއްޔާ!
ތަންޒީލް . އިންފޯ

Nice site! varah beynun theri wesite eh
ReplyDelete