މުޙިއްމު: ދިވެހިބަސް އެޅުމަށް އެޑްމިން އެކައުންޓަކުން ލޮގިން ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ.
އަޅުގަނޑުމެން ދިވެހިބަހުން އެއްޗެއްލިޔަން ބޭނުން ކަމުގައިވާނަމަ ދިވެހިފޮންޓްގެ އިތުރުން އޮޕަރޭޓިން ސިސްޓަމް ( Xp , Vista , Win 7 , Ubuntu , Linux... ) އަށް ދިވެހި ފޮނެޓިކް ނުވަތަ ދިވެހި ޓައިޕްރައިޓަރ އަޅަންޖެހެއެވެ. އާންމުގޮތެއްގައި ދިވެހި ފޮނެޓިކް ސިސްޓަމަށް އަޅައިފައެއް ނުވެއެވެ. މިހެންކަމުން އަހަރެމެން މެނުއަލްކޮށް ދިވެހި ފޮނެޓިކް އަޅަންޖެހެއެވެ.
މި އާޓިކަލްގައި އަޅުގަނޑު ބަލައިލާނީ އަޅުގަނޑުމެން އެންމެ އާންމުކޮށް ބޭނުންކުރާ އޕަރޭޓިންގ ސިސްޓަމްތައް ކަމަށްވާ ވިންޑޯސް އެކްސްޕީ / ސެވަން އަދި އުބުންޓޫއަށް ދިވެހި ބަސް އަޅާނެގޮތައް އަލިއަޅުވާލެވޭތޯއެވެ.
ބޭނުން ވޭދާނެ ތަކެތި:
ވިންޑޯސް އިންސްޓޮލޭޝަން ސީޑީ ( އެކްސްޕީ ނުވަތަ ސެވަން އަށް ) ވިންޑޯސްXP
1. ސްޓާޓް ބަޓޮނަށް ކްލިކް ކޮށްލެއްވުމަށްފަހު ކޮންޓްރޯލް ޕެނަލް އަށް ފިއްތަވާލައްވާށެވެ.
2. ކޮންޓްރޯލް ޕެނަލަށް ވެދެވަޑައިގެންނެވުމަށްފަހު މަތީގައިވާ ސްކްރީންޝޮޓްގައިވާފަދައިން Date , Time , Language , and Regional Options އަށް ކްލިކް ކޮށްލައްވާށެވެ.
3. ދެން Regional and language options އަށް ކްލިކް ކޮށްލައްވާށެވެ.
4. Regional and Language Options މެނޫގެ ލޭންގުއޭޖް ޓެބަށް ފިއްތަވާ ލައްވާފައި ޓިކް ކުރަންއިން ބައިގެ ފުރަތަމަ ބައިގައި ޓިކްކުރެވިފައި ވޭތޯ ޔަޤީން ކޮށްލައްވާށެވެ. ޓިކް ނުކޮށްވާނަމަ ވިންޑޯސް އިންސްޓޮލޭޝަން ސީޑީ ލެއްވުމަށް ފަހު ޓިކް ކޮށްލައްވާށެވެ.
5. އެއަށްފަހު ހަމަ އެޓެބްގެ މަތީގައިވާ Details... ބަޓޮނަށް ފިއްތަވާ ލައްވާށެވެ.
6. ދެން ހުޅުވޭނީ Text Services and Input Languages މެނޫއެވެ. މި މެނޫއިން އިންސްޓޯލް ކޮށްފައިވާ ބަސްތައް ފެނިވަޑައިގަންނަވާނެއެވެ. އިތުރު ބަސްތައް އެޅުއްވޭނެއެވެ. އަދި ބޭނުން ނުވާ ބަސްތައް ފޮހެލެއްވޭނެއެވެ. މިތަނުގައި އަހަރެމެން ބޭނުންވަނީ ދިވެހި ބަސް އަޅާށެވެ. ދިވެހިބަސް އެޅުމަށް ކަނާތްފަރާތުގައިވާ Add... ބަޓޮނަށް ފިއްތަވާލައްވާށެވެ.
7. ދެންހުޅުވޭނީ Add Input Language މެނޫއެވެ. މިމެނޫއިން Input Language: އެއްގެ ގޮތުގައި Dhivehi ހޮއްވެވުމަށްފަހު Dhivehi Phonetic ކީބޯޑްގެ ލޭއައުޓްގެ ގޮތުގައި ނެގުމަށްފަހު އޯކޭއަށް ފިއްތަވާލެއްވުމުން ސިސްޓަމަށް ދިވެހި ބަސް އެޅުނީއެވެ.
8. ދެން އަނެއްކަވެސް Text Services and Input Languages މެނޫއަށް ގޮސް މިމެނޫގެ Advanced ޓެބަށް ފިއްތަވާލައްވާފައި Compatibility Configuration ބައިގައި އެކަނި ޓިކް ކުރެއްވުމަށް ފަހު އޯކޭއަށް ފިއްތަވާލެއްވުމުން ޓާސްކްބާރގެ ކަނާތްފަރާތައް EN ޖަހާފައިވާ އަކުރެއް ފާޅުވާނެއެވެ.
9. EN ޖަހައިފައިވާ އަކުރުގެ މާނައަކީ މިހާރު ސިސްޓަމްގައި ބޭނުންކުރެވެމުން ދަނީ އިނގިރޭސިބަސްކަމުގެ ނިޝާނެވެ. EN އަށްކޮލިކްކޮށްލެއްވުމަށްފަހު DI ހޮއްވެވުމުން ދިވެހިބަސް ހޮއްވެވުނީއެވެ. ދިވެހިބަހުން އެއްޗެއް ޓައިޕްކުރާކަމުގައި ވާނަމަ ދިވެހިބަސް ކޮންމެހެން ސެލެކްޓް ކުރަން ޖެހެއެވެ.
ވިންޑޯސް Se7en
1. ސްޓާޓް ބަޓޮނަށް ކްލިކް ކޮށްލެއްވުމަށްފަހު ކޮންޓްރޯލް ޕެނަލް އަށް ފިއްތަވާލައްވާށެވެ.
2. ކޮންޓްރޯލް ޕެނަލަށް ވެދެވަޑައިގެންނެވުމަށްފަހު މަތީގައިވާ ސްކްރީންޝޮޓްގައިވާފަދައިން Clock , Language , and Region ގެ ދަށުގައިވާ Change Keyboards or other input methods އަށް ކޮލިކްކޮށްލައްވާޑެވެ.
3. Region and Language މެނޫ ހުޅުވުމުން Keyboards and languages ޓެބްއަށް ފިއްތަވާލެއްވުމަށް ފަހު Change Keyboards... އަށް ފިއްތަވާލައްވާށެވެ.
4. ދެން ހުޅުވޭނީ Text Services and Input Languages މެނޫއެވެ. މި މެނޫއިން އިންސްޓޯލް ކޮށްފައިވާ ބަސްތައް ފެނިވަޑައިގަންނަވާނެއެވެ. އިތުރު ބަސްތައް އެޅުއްވޭނެއެވެ. އަދި ބޭނުން ނުވާ ބަސްތައް ފޮހެލެއްވޭނެއެވެ. މިތަނުގައި އަހަރެމެން ބޭނުންވަނީ ދިވެހި ބަސް އަޅާށެވެ. ދިވެހިބަސް އެޅުމަށް ކަނާތްފަރާތުގައިވާ Add... ބަޓޮނަށް ފިއްތަވާލައްވާށެވެ.
5. ދެންހުޅުވޭނީ Add Input Language މެނޫއެވެ. މިމެނޫއިން Input Language: އެއްގެ ގޮތުގައި Dhivehi (Maldives )ހޮއްވެވުމަށްފަހު Dhivehi Phonetic ގައި ޓިކްކުރެއްވުމަށްފަހު އޯކޭއަށް ފިއްތަވާލެއްވުމުން ވިންޑޯސް ސެވަންއަށް ދިވެހިބަސް އެޅުނީއެވެ.
6. ދެން Apply އަށްފިއްތެވުމަށްފަހު Ok އަށް ފިއްތަވާލައްވާށެވެ.
7. ދިވެހިބަހުން ލިޔާކަމުގައިވާނަމަ ޓާސްކްބާރގައިވާ ލޭންގުއޭޖް މެނޫއިން DI Divehi (Maldives) ހޮއްވަވަން ޖެހިވަޑައިގަންނަވާނެއެވެ.
އުބުންޓޫ ( UBUNTU )
1. ސްކޮރީންޝޮޓްގައިވާ ފަދައިން System > Preference > Keyboard އަށް ކޮލިކް ކޮށްލައްވާޑެވެ.
2. Keyboard Preferences މެނޫ ހުޅުވުމުން Layouts ޓެބް އަށް ފިއްތަވާލެއްވުމަށް ފަހު +Add... އަށް ކްލިކްކޮށްލަވާޑެވެ.
3. Choose a Layout މެނޫއިން By Country ގެ ދަށުން Maldives ، Country އަދި Variants އަށް ހޮއްވަވާޑެވެ. ދެން +Add އަށް ފިއްތަވާލައްވާށެވެ.
4. By language ޓެބުންވެސް ދިވެހިބަސް އުބުންޓޫއަށް އެޅޭނެއެވެ. Language އެއްގެ ގޮތުގައި Divehi; Dhivehi ; Maldivian ހޮއްވަވާފައި +Add އަށް ފިއްތަވާލައްވާށެވެ.
5. އަލުން Keyboard Preferences އަށް ދިއުމުން ، Maldives ލޭއައުޓްގެ ގޮތުގައި އެޑްވެފައި ވާތަން ފެނިވަޑައިގަންނަވާނެއެވެ. ދެން Layout Options... އަށް އޮއްބަވާލައްވާށެވެ.
6.ދެން ހުޅުވޭމެނޫއިން Key(s) to Change Layout ބޯލްޑް ކުރެވިފައިވާތީ ފެނިވަޑައިގަންނަވާނެއެވެ. މިތަނުން ފަސޭހަ ކީ ކޮމްބިނޭޝަން / ޝޯޓްކަޓެއް ޚިޔާރު ކުރެއްވުމަށްފަހު XClose އަށް ފިއްތަވާލައްވާށެވެ.
7. ދެން Keyboard Preferences ގެ ތިރީގައިވާ Type to Test settings: ބައިގައި ދިވެހި ހޮއްވެވުމަށްފަހު ދިވެހިބަހުން ލިޔެވޭތީ ޓެސްޓްކޮށްލައްވާށެވެ. އެއަށްފަހު XClose އަށް ފިއްތަވާލެއްވުމުން ނިމުނީއެވެ.
ނިންމާލުން:
- މިހާރު ދިވެހި ފޮންޓް ސިސްޓަމަށް އަޅުއްވާނެ ގޮތް ތިޔަހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެކަމަށް އުންމީދުކުރަމެވެ.
- ޙައްސާން ޢަބްދުއްރައްޒާޤަށް ވިންޑޯސް ސެވަންގެ ސްކްރީންޝޮޓްތައް ނަގައި ދެއްވީތީ ވަރަށްބޮޑަށް ޝުކުރު އަދާކުރަމެވެ.
- ވިންޑޯސްއަށް ދިވެހި ބަސް އެޅުއްވުމަށްފަހު ރީތި ދިވެހި ފޮންޓް ބޭނުންނަމަ އަޅުގަނޑުގެ މި އާޓިކަލް ކިޔުއްވާށެވެ.
- ދިވެހި ފޮނެޓިކުން ލިޔުއްވަން ނޭނގޭނަމަ ދިވެހި އަކުރުތައް ފަރިތަކުރުމަށް އަޅުގަނޑުގެ މި އާޓިކަލް ބައްލަވާލައްވާޑެވެ.
- އާޓިކަލް އަސްލު ލިޔުނު ފަރާތް: މުޙައްމަދު ސާޢިފް !
ސްކްރީން ޝޮޓްތައް އޮބިނޯވޭ! ސާބަހޭ!
ReplyDelete* ވިންޑޯސް ސެވަންގައި ދިވެހި އަޅާކަށް ޑިސްކު (ސީޑީއެއް ނޫން ޑީވީޑީ) އަހަންނަކަށް ދުވަހަކުވެސް ބޭނުމެއްނުވޭ.
ReplyDelete* ފޮޓޯތައް އަދި ބޮޑަށް ކޮމްޕްރެސް ކޮށްލެއްވިނަމަ ޕޭޖު ހުޅުވޭލެއް ފާސްޓުވާނެ ދޯ؟ ކޮންމެ ފޮޓޮއަކަށް ސާޅީކަހަށް ކިލޯބައިޓު ވީމާ ފުދޭވަރަކަށް ބޮޑުދޯ؟ ޚާއްސަކޮށް ރާއްޖޭގައި އާނމުކޮށް ބޭނުންކުރާ ކަނެކްޝަންތަކުގެ ސްޕީޑާ އަޅާ ބަލާއިރު.
* އިނގިރޭސި ތަންތަންކޮޅު "ސްޕޭން" ޓެގެއްގައި ރައިޓް-ޓު-ލެފްޓަށް ލިޔަންވީ ނޫން؟
* ކޮންމެހެން ރަނގަޅުކޮށްލަންޖެހޭ "ޓައިޕޯ" ތަކެއް އެބަހުރި.
* އަޅުގަނޑުގެ ނަމުގެ ފަހަތަށް އޮންނަނީ ޢަބްދުއްރައްޒާޤް. ރާ އަކީ ޢަރަބިބަހުގައި ޝަމްސިއްޔަ އަކުރެއް އެހެންވީމާ ލާމު ނުކިޔާނެ.
އަސްލު ވަރަށް ރަނގަޅު އިނގޭ!
ReplyDeleteޔޯޝް! އޯކޭ! ވަރަށްބޮޑަށް ޝުކުރިއްޔާ ކުށްތައް ފާހަގަ ކޮށްދެއްވީތީވެ!
ReplyDeleteއަދި ވަރަށް މުހިންމު ކަމެއް ފާހަނގަ ކޮށްލަންޖެހޭ: އެޑްމިން ޕްރިވިލެޖަސް ބޭނުންވޭތޯ؟
ReplyDeletea
ReplyDeleteމިހާ ސާފުކޮށް ސްކްރީންޝޮޓް ނަގާނެގޮތެއް ބުނެ ދެވިދީފިއްޔާ ވަރަށް ރަނގަޅު.
ReplyDeleteplx bunedheenala saafukoh screen shot nagaane gotheh
ReplyDeleteޕީއެންޖީ ފޯރމެޓަށް ސޭވް ކުރެއްވުމުން ސްކްރީން ޝޮޓްތައް ވަރަށް ސާފުވާނެ!
ReplyDeleteClick Print Screen key on keyboard
open paint and paste
Crop
SAVE AS .png FILE
this is very helpful bro. Thanks
ReplyDeleteއައިއޯއެސްގައި ދިވެހިފޮންޓް އަޅާނެގޮތް ބުނެދެއްވަފާނަންތޯއެވެ
ReplyDelete