ސްޕީޑް ޓެސްޓް ޑޮޓް ނެޓް (speedtest.net)
ސްޕީޑް ޓެސްޓަކީ ދުނިޔޭގެ އެންމެ ގިނަމީހުން އެމީހުންގެ އިންޓަރނެޓް ކަނެކްޝަންގެ ހަލުވިމިން ބަލަން ބޭނުން ކުރާ ޚިދުމަތެވެ. މިސައިޓަކީ އޯކްލާ ކިޔާ ކުންފުންޏަކުން ހިލޭ ފޯރުކޮށްދޭ ހިދުމަތެކެވެ. ދުނިޔޭގެ ކޮންމެ ހިސާބަކުންވެސް ތިޔަބޭފުޅާގެ އިންޓަރނެޓްކަނެކްޝަންގެ ސްޕީޑް ބަލައިލެވިދާނެއެވެ. މާލޭގައި ހުރި ދިރާގު ސާވާރ އިން އަޕް އަދި ޑައުންލޯޑް ސްޕީޑް އެހެނިހެން ސާވާރ / ޤައުމުތަކަށް ވުރެ ހަލުވިވެދާނެއެވެ. ސަބަބަކީ ދުރުތަނަކަށް ދާން ނަގާވަގުތައްވުރެ ކައިރިތަނަކަށް ދާންނަގާ ވަގުތުމަދުވާނެއޭ ބުނާފަދައިން ކައިރީގައި ހުރި އިންޓަރނެޓް ސާވަރއަކާއި ކަނެކްޓްކުރަން އަވަސްވާނެތީއެވެ.
މި އީސްޕީޑްޓެސްޓްގެ މައި ސަފްޙާއެވެ. ދިރާގު އަންލިމިޑެޓް އަކައުންޓް ޕެކޭޖް ވިލިނގިލިން ޓެސްޓްކޮށްލާނަމެވެ. މާލެހޮއްވަވާފައި ކުލިކް ކޮށްލައްވާށެވެ.
ކުޑަވަގުތުކޮޅެއްފަހުން އިންޓަރނެޓްގެ އަޕްއަދި ޑައުންލޯޑް ދުވެލި މަތީގައިވާ ފަދައިން ފެނިވަޑައިގަންނަވާނެއެވެ.
އަޅުގަނޑު މިޓެސްޓް ހެދިއިރު އަޅުގަނޑު ސްޕީޑަކީ މިއީއެވެ. ސްޕީޑް ޓެސްޓްކުރާއިރު އެއްޗެއް ޑައުންލޯޑަށް ނުވަތަ އަޕްލޯޑަށް ޖައްސާފައިވާނަމަ ޓެސްޓްގެ ނަތީޖާ ތަންކޮޅެއް ދަށްވެދާނެއެވެ.
އިންޓަރނެޓް ގެ ސްޕީޑް އެންމެ ހަލުވީ މުޅިދުނިޔޭގައިވެސް ކޮންކޮން ޤައުމުތަކެއްތޯބަލާލެވެން މިސައިޓްގައި ހުންނާނެއެވެ. ދިވެހިރާއްޖޭގެ ޑައުންލޯޑް ސްޕީޑް މުޅިރާއްޖޭގެ އެވަރެޖަކީ 130 ވަނައެވެ. އަޕްލޯޑްގެ އެވަރެޖަކޯ 129 ވަނައެވެ.
ތިޔަބޭފުޅާގެ އިންޓަރނެޓްފޯރުކޮށްދޭ ފަރާތަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު މިސައިޓުންލިބޭނެއެވެ. އަޅުގަނޑުގެ ބްލޮގްގައިވާފަދައިން 5 ތަރިންފެށިގެން 1 ތަރިއާއިދެމެދަށް ރޭޓްކުރެއްވޭނެއެވެ.
ސްމާރޓްފޯންގެ އިންޓަނެޓް ސްޕީޑް ޓެސްޓްކުރުން
3ޖީ ، ޖީޕީއާރްއެސް ، ވައިފައި ފަދަ މޯބައިލް އިންޓަރނެޓް ގެ ސްޕީޑް މި އެޕްލިކޭޝަނުން ޓެސްޓް ކުރެއްވޭނެއެވެ.
ސްޕީޑްޓެސްޓް ޑޮޓް ނެޓްގެ މޯބައިލް އެޕްލިކޭޝަންސްތައް ޑައުންލޯޑްކުރެއްވުމަށް މިތަނަށް ކްލިކްކޮށްލައްވާށެވެ!
މިއާޓިކަލުން ތިޔަބޭފުޅުންނަށް ތިޔަބޭފުޅުންގެ އިންޓަރނެޓް ސްޕީޑް ބައްލަވާނެގޮތް އޮޅުންފިލައިފިކަމަށް އުންމީދުކުރަމެވެ. ޝުކުރިއްޔާ!
0 ޚިޔާލު:
މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.