ފޭސްބުކަށް ވަންނަން ބޭނުން ނޫންނަމަ ނުވަތަ ދަރިފުޅު މާގިނަވަގުތު ފިލާވަޅުދަސްނުކޮށް ފޭސްބުކްގައި ހޭދަކުރާނަމަ ފޭސްބުކްއަށް ނުވަދެވޭގޮތް ހެދުމަށް ތިރީގައިވާ ގޮތްތައް ޚިޔާރު ކުރެވިދާނެއެވެ.
ވިންޑޯސް xp , Vista , Win7
ނޯޓް : HOSTS ފައިލް އެހެން ތަނަކަށް ކޮޕީކުރާށެވެ. ( ކުށެއް ހެދިދާނެތީ )
މި އުކުޅުބޭނުންކޮށްގެން ކޮންމެ ވެބްސައިޓެއްވެސް ބްލޮކް ކުރެވިދާނެއެވެ.
މި އުކުޅުބޭނުންކޮށްގެން ކޮންމެ ވެބްސައިޓެއްވެސް ބްލޮކް ކުރެވިދާނެއެވެ.
1. މި ފޯލްޑަރ ހުޅުވާށެވެ. އެއަށް ފަހު "HOSTS" ފައިލް އަށް ކްލިކްކޮށްލައްވާށެވެ.
C:\WINDOWS\system32\drivers\etc\hosts
2. "HOSTS" ފައިލް ހުޅުވޭ ވަކި ޙާއްސަ ސޮފްޓްވެއަރ އެއް ނެތެވެ.
"open with" މެނޫ އެރުމުން "Word pad" ޚިޔާރުކުރައްވާށެވެ.
3. "Hosts" ފައިލް ހުޅުވުމުން ތިރީގައިވާ ލައިންތައް ކޮޕީކޮށްލައިފައި ހޯސްޓް ފައިލްގައި ޕޭސްޓްކުރާށެވެ.
127.0.0.1 login.facebook.com
127.0.0.1 www.facebook.com
127.0.0.1 blog.facebook.com
127.0.0.1 apps.facebook.com
127.0.0.1 en-gb.facebook.com
4. ހޯސްޓްސް ފައިލް ސޭވްކުރާށެވެ.
މިގޮތައް ކަންތައްކުރުމުން ފޭސްބުކްއަށް ވަންނަންބޭނުންކަމުގައިވިޔަސް ފެނިވަޑައިގަންނަވާނީ ތިރީގައިވާ އެރޯ މެސެޖެވެ.
ފަޔާފޮކްސް
ގޫގުލް ކްރޯމް
އިންޓަނެޓް އެކްސްޕްލޯރާ
މި އުކުޅުބޭނުންކޮށްގެން ފޭސްބުކްއަށް ނުވަދެވޭގޮތައް ހެދިޔަސް ޕްރޮކްސީ ބޭނުންކޮށްގެން ފޭސްބުކަށްވަދެވެއެވެ. ނަމަވެސް ޕްރޮކްސީއަކީ ކޯޗެއްކަން ނޭނގޭ މީހަކަށް ޕްރޮކްސީ ބޭނުންކޮށްގެން ފޭސްބުކްއަށް ނުވަދެވޭނެއެވެ.
ސައިޓްތައް ބްލޮކްކުރާ ފަޔާފޮކްސް އެޑޯން: Block Site
google chrome އަދި Internet Explorer ގައި ފޭސްބުކް ބްލޮކްކުރާނެގޮތް
START > RUN
ދެން ތިރީގައިވާ ކޯޑް ޖައްސަވާށެވެ. ދެން Enter އަށް ފިއްތަވާލައްވާށެވެ.
"C:\WINDOWS\system32\rundll32.exe" C:\WINDOWS\system32\shell32.dll,Control_RunDLL "C:\WINDOWS\system32\inetcpl.cpl",Internet Options
އެއަށްފަހު ތިރީގައިވާ ސްކްރީންޝޮޓްގައިވާގޮތައް ކަންތައް ކުރައްވާށެވެ.
facebook.com ޖެއްސެވުމަށްފަހު Never އަށް ކްލިކްކޮށްލައްވާށެވެ.
އަލުން ފޭސްބުކަށް ވަންނަންބޭނުންނަމަ ފޭސްބުކް ބްލޮކް ކުރުމަށް މަތީގައިވާގޮތައް ކުރި ކަންތައްތައް ކުރިން ހުރިގޮތައް އަލުން ސެޓިންގސްތައް ބަދަލުކޮށްލާށެވެ. އެއްޗެއް އިތުރުކޮށްފައިވާނަމަ އިތުރުވި ސެޓިންގްތައް ޑިލީޓް ކޮށްލައްވާށެވެ. މަދުވެފައިވާނަމަ މަދުވާ ތަކެތި އެޑްކުރައްވާށެވެ.
މި ލިޔުމަކީވެސް ތިޔަބޭފުޅުންގަޔާވި ލިޔުމެއްކަމުގައި އުންމީދުކުރަމެވެ. ޚިޔާލު ހުށަހަޅުއްވާށެވެ!
ޝުކުރިއްޔާ!
ލިޔުނީ: މުޙައްމަދު ސާޢިފް
dhen alun vannan beynun vejjeyya O?
ReplyDeleteއަލުން ފޭސްބުކަށް ވަންނަންބޭނުންނަމަ ފޭސްބުކް ބްލޮކް ކުރުމަށް މަތީގައިވާގޮތައް ކުރި ކަންތައްތައް ކުރިން ހުރިގޮތައް އަލުން ސެޓިންގސްތައް ބަދަލުކޮށްލާށެވެ. އެއްޗެއް އިތުރުކޮށްފައިވާނަމަ އިތުރުވި ސެޓިންގްތައް ޑިލީޓް ކޮށްލައްވާށެވެ. މަދުވެފައިވާނަމަ މަދުވާ ތަކެތި އެޑްކުރައްވާށެވެ
ReplyDelete