ގޭގައި މަސައްކަތްކޮށްގެން ގަޑިއިރަކަށް 1 ޑޮލަރު ލިބޭ ވަޒީފާއަކާއި ގެއާއި ތަނަކޮޅެއް ދުރުގައި މަސައްކަތްކޮށްގެން 27 ޑޮލަރު ގަޑިއިރަކަށް ލިބޭ
ވަޒީފައަކާއި ތެރެއިން ތިޔަބޭފުޅާ ހޮއްވަވާނީ ކޮން ވަޒީފާއެއްތޯއެވެ؟ ހަށިގަނޑުގައި ވަރުހުރި މުރާލި މީހެއް ހަމަގައިމުވެސް ދާނީ 27 ޑޮލަރު ލިބޭވަޒީފާއަށްކަން އަޅުގަނޑު ޔަޤީންކުރަމެވެ. ޚުދު އަޅުގަނޑުވެސް ދާނީ ހަމަ 27 ޑޮލަރު ލިބޭ މަސައްކަތަށެވެ. ހަމައެހެންމެ މަސައްކަތްކުރަން ގެއިން ބޭރަށް ނުދާނަމަ މަސައްކަތްކުރާކަމަކަށް ގިނަފަހަރު ނުވެސްބެލެވެއެވެ.
ގޭގައި ނަމާދުކުރުމުން ލިބޭނީ އެއްސަވާބެވެ. ނަމަވެސް ޖަމާޢަތުގައި ނަމާދުކުރުމުން 25 ހާއި 27 ހާއި ދެމެދަށް ސަވާބު
އިތުރަށްލިބޭކަމުގައި އަބޫހުރައިރާ ރަޟިޔަﷲ އަނަހާ އާއި ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ އަންޙާ ރިވާކުރައްވާފައިވާ ޙަދީޘްގައި އޮވެއެވެ. އެހެންނަމަވެސް އަހަރެމެންގެ ތެރެއިން ގިނަމީހުން އާޚިރަތައްޓަކައި ގިނަސަވާބު ހޯދުމުގެ ބަދަލުގައި ހޯދަނީ ދުންޏަވީ ގިނަ ފައިސާއެވެ.
އަހަރެމެން ދުންޏަވީ ޙަޔާތް ބާއްޖަވެރިކުރަން މަސައްކަތުގައި އުޅެމުން އާޚިރަތުގެ މަތިން ވަނީ ހަނދާން ނައްތާލާފައެވެ. މިހެންކަމުން އާޙިރަތް ބާއްޖަވެރިކުރުމަށް ހެޔޮ ޢަމަލްތައް ގިނަގިނައިން ކުރަމާތޯއެވެ؟
(إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا) (އައްނިސާ 103)
މާނައީ: ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ.
.
.
| ރިފަރެންސް |
0 ޚިޔާލު:
މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.