web 2.0

2.24.2010

ބަނގުރަލުގެ ސަބަބުން 10 ފަރާތަކަށް ﷲ ލަޢުނަތްލެއްވިއެވެ.

އަލްއިމާމް އަޙްމަދުބުނު ޙަންބަލް ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައިވެއެވެ. ބަނގުރަލުގެ ސަބަބުން 10 ފަރާތަކަށް ﷲ ލަޢުނަތްލެއްވިއެވެ. އެ 10 ފަރާތަކީ:
1. ބަނގުރާ ތައްޔާރުކުރުމަށް ދިޔަފެލާ ހަދާމީހާ
2. ދިޔަފެލައި ދެވުނު (އެކަމަށ) އެދުނު ) މީހާ
3. ބަނގުރާ ބޯމީހާ
4. ބަނގުރާ އުފުލައިދިން މީހާ
5. ބަނގުރާ އުފުލައިދެވުނު (އެކަމަށް އެދުނު )ފަރާތް
6. ބަނގުރާ ބޯންދޭމީހާ
7. ބަނގުރާ ވިއްކައިގެން އޭގެ ވިޔަފާރިކުރާ މީހާ
8. ބަނގުރަލުގެ ވިޔަފާރިއާއި ބަނގުރަލުގެޚިދުމަތުން ލިބޭފައިސާ ބޭނުންކުރާމީހާ
9. ބަނގުރާ ބުއިމަށް ނުވަތަ ވިއްކުމަށް ޙަވާލުވި ފަރާތް (ވަކީލު)
10. ބަނގުރާ ގަނެދިނުމަށް ޙަވާލުކުރި މީހާ (މުވައްކިލު)

ބަނގުރާ:
ބަނގުރަލަކީ އެއެއްޗެއް ބުއިމުން މަސްތުވާ ދިޔާ ކޮންމެ އެއްޗެކެވެ.

މަސްތުވާތަކެއްޗަކީ އެއެއްޗެއް ބޭނުންކުރުމުން އިންސާނާގެ ބުއްދިފިލައިދާ ކޮންމެ ހިކި އަދި ދިޔާ އެއްޗެކެވެ.

އިސްލާމްދީނުގައި މަސްތުވާ ތަކެތީގެ ޙުކުމް:
ޙަރާމް


ޤުރުއާނުގެ ދަލީލު:

يَا أَيُّهَا الَّذِينَ آمَنُواْ إِنَّمَا الْخَمْرُ وَالْمَيْسِرُ وَالأَنصَابُ وَالأَزْلامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

"އޭ އީމާންވީ މީހުންނޭވެ! ހަމަކަށަވަރުން ބަނގުރަލާއި ޖުވާކުޅުމާއި އަޅުކަން ކުޅުމަށް ހަދާފައިވާ ބުދުތަކާއި ނަސީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނި ދަނޑިތަކަކީ ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ ، މުޑުދާރު ތަކެއްޗެވެ. ފަހެތިޔަބާމީހުން އެތަކެއްޗާއި ދުރުވެގަންނާށެވެ! (އެއީ) ތިޔަބާމީހުން ދިންނަވާ ނަސީބު ލިބުމަށްޓަކައެވެ. "
(ސޫރަތުލް މާއިދާ އާޔަތް: 90 )


ސުންނަތުގެ ދަލީލު:
އަލްއިމާމް މުސްލިމް ރިވާކުރެއްވި ޙަދީޘްފުޅެއްގެ މާނަ:
" މަސްތުވާ ކޮންމެ އެއްޗަކީ ބަނގުރަލެވެ. އަދި މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. "

ބައިބްލްގައި ބަނގުރާ ޙަރާމް ކޮށްފައިވޭ:

a. "Wine is a mocker, strong drink is raging; and whosoever is deceived thereby is not wise." |Proverbs 20:1|

b. "And be not drunk with wine." |Ephesians 5:18|

މަސްތުވާތަކެތިން ( ބަނގުރަލުން ) ލިބިދޭ ގެއްލުންތައް ބަހައިލެވޭ ދާއިރާތައް:
- ތިމާގެ އަޤީދާއާއި ދީނާއި ރޫޙާނީ ކުރިއެރުމަށް ލިބޭ ގެއްލުން
- ނަފްސާނީ ގެއްލުންތައް
- އަޚްލާޤީ ގެއްލުންތައް
- ސިއްޙީ ގެއްލުންތައް
- އިޖުތިމާއީ ގެއްލުންތައް
- އިޤްތިޞާދީ ގެއްލުންތައް

ޙަދީޘްފުޅެއްގައިވެއެވެ:
الخمر أم خبا اث
" ބަނގުރަލަކީ ހުރިހާ ނުބައިކަމެއްގެ ، ފާފައެއްގެ އަޞްލެވެ. "

ބަނގުރަލަކީ ދީނުގައި މިހާބޮޑަށް ނަހީ ކުރައްވައިފައިވާ އެއްޗެކެވެ. ވީމާ އަހަރެމެންގެ ޤައުމުގައި ބަނގުރަލުގެ މުޢާމަލާތްފަދަ ޙަރާމް މުޢާމަލާތް ހުއްދަކުރެވިގެން ނުވާނެއެވެ. ﷲ ޙަރާމް ކުރެއްވިކަމެއް ހުއްދަކުރަން އަހަރެމްން އުޅޭކަމުގައިވަނީނަމަ އަހަރެމެން ގެއްލުމާއި ހަލާކުވެދާނެއެވެ. ޔާ ﷲއެވެ. އަޅަމެން ޝައިޠާނާގެ ކިބައިން ސަލާމަތްކުރައްވާނދޭވެއެވެ. އަދި އަޅމެންނަށް ހެޔޮވިސްނުން ދެއްވާނދޭވެއެވެ! އާމީން!
Share/Bookmark

7 comments:

  1. Anonymous25/2/10 11:31

    what are the benefits of alcohol?? only one side is explained here. Please don't be biased.
    I'll be glad if you could include more "Hadhith" on this subject.

    ReplyDelete
  2. @Annonymous:
    If there is any benefit from ALCohol WHY WOULD IT BE HARAAAAAAM?

    ReplyDelete
  3. Anonymous25/2/10 11:41

    There are lot of things that are worldly beneficial but Haraam. Like the limitation of thinking in the context of "Galoa gadhar".
    We can't say this is haraam because of this and that.. Its God's will. God is great. and God knows better.

    ReplyDelete
  4. @Annonymous:

    Thank you. You are correct. Allah Knows better. Dont say GOD. Say Allah. Allah Aulam. Maashaa Allah.

    ReplyDelete
  5. there are some advantages of Alcohol. but it is haraam because of its Disadvantages which is more than advantages.

    ReplyDelete
  6. ރަލަކީ މަސްތުވާ އެއްޗެކެވެ. އަދި މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. މިއީ ޓެސްޓް ކޮމެންޓެކެވެ.

    ReplyDelete
  7. يَسأَلونَكَ عَنِ الخَمرِ وَالمَيسِرِ قُل فيهِما إِثمٌ كَبيرٌ وَمَنافِعُ لِلنّاسِ وَإِثمُهُما أَكبَرُ مِن نَفعِهِما وَيَسأَلونَكَ ماذا يُنفِقونَ قُلِ العَفوَ كَذٰلِكَ يُبَيِّنُ اللَّـهُ لَكُمُ الآياتِ لَعَلَّكُم تَتَفَكَّرونَ
    ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާ سؤالކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ. އަދި އެއުރެން ހޭދަކުރަންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ އެއުރެން سؤالކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! (ހޭދަކުރަންވީ) އިތުރުވީ އެއްޗެކެވެ. އެފަދައިން ތިޔަބައިމީހުންނަށް اللَّه، (އެކަލާނގެ) حكمތައް بيانކޮށްދެއްވަނީ، ތިޔަބައިމީހުން فكرކުޅައުމަށްޓަކައެވެ.

    ReplyDelete

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home