ކޮމްޕިޔުޓަރ ދޮށުގައި މަސައްކަތެއް ކުރަން އިންނަ އިރު ގިނަފަހަރު ނަމާދު ވަގުތަކަށް ބަލައެއްނުލެވެއެވެ. އަދި ކޮންމެ ކޮންމެ ހިސާބަކަށް ބަންގީގެ އަޑެއްވެސް ނީވެއެވެ. ނަމާދު އެޅުމަކީ ބޮޑުފާފައެކެވެ. ތިމާގެ މަސައްކަތަކީ އުޒުރެއްނޫނެވެ.
ދި - މުދިމަކީ ނޫރުލް އިސްލާމްގެ ފަރާތުން ކޮމްޕިޔުޓަރު ދޮށުގައި އިންނައިރު ނަމާދުވަގުތު ހަނދާންކޮށްދިނުމުގެ ގޮތުން ނެރެފައިވާ ހިލޭ ސޮފްޓްވެއައެކެވެ.
މިއީ ނޫރުލްއިސްލާމް އިސްލާމީ ވެބްސައިޓާއި ދިވެހިސޮފްޓު ގުޅިގެން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އެހީތެރިކަމާއެކު ތައްޔާރުކޮށްފައިވާ ސޮފްޓްވެއާ އެކެވެ. މިއީ ދިވެހިރާއްޖޭގެ ރަށްތަކުގެ ނަމާދުވަގުތު ހިމެނޭ ގޮތަށް ނަމާދު ވަގުތު ވަނުމުން ގަޑިން ބަންގި ގޮވާގޮތަށް ފަރުމާ ކުރެވިފައިވާ ސޮފްޓްވެއާ އެކެވެ.
މި ސޮފްޓުވެއާ ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގެ ނަމާދުވަގުތުތައް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ހޯދައިގެންނެވެ. މިވަގުތު ސޮފްޓުވެއާގައި ހިމެނިފައިވާނީ ދެ ބަންގިއެވެ. އެއީ
- މައްކާގެ މަސްޖިދުލްޙަރާމްގެ ބަންގިއާއި
- މަދީނާގެ މަސްޖިދުއްނަބަވީގެ ބަންގިއެވެ.
މިއީ ހިލޭ ބެހުމަށް ތައްޔާރުކުރެވިފައިވާ ސޮފްޓުވެއާއެކެވެ. އެއްވެސް ފަރާތަކުން މި ސޮފްޓުވެއާ ވިޔަފާރީގެ ގޮތުގައި ބޭނުންކުރުމަކީ މަނާކަމެކެވެ.
މިސޮފްޓްވެއަރ މަސައްކަތްކުރަނީ:
ވިންޑޯސް Xp ބޭނުންފުޅުކުރައްވާ ބޭފުޅުން .NET Framework version 3.0 ޑައުންލޯޑްކުރައްވާށެވެ.
މި ސޮފްޓްވެއަރގެ މައިސަފްހާގައި ނަމާދަށް އަހުލުވެރިކުރުވުމަށާއި ހެޔޮކަންތައްތަކަށް ޝައުގުވެރިކޮށްދިނުމަށް ހިކުމަތްތެރި ބަސްފުޅުތަކެއް އަރަމުން ގެންދެއެވެ. އަދި އަޑުއިވެން ބޭނުންވާ ބަންގިއަށް ކުލިކްކޮށްލުމުން ނަމާދުގެ ވަގުތުގައި އަޑުއިވޭނީ ކުލިންކޮށްލި ބަންގިޔެވެ. ނޫރުލް އިސްލާމުން އަވަސް މުސްތަޤްބަލެއްގައި އިތުރުބަންގީގެ އަޑުތަކެއް އިތުރުކުރާނެކަމަށް ލަފާކުރެވެއެވެ.
ތިޔަބޭފުޅާ އުޅުއްވާރަށް ޙިޔާރު ކުރެއްވުމުން ތަށުގެ ނަމާދުވަގުތުތައް ލިބޭނެއެވެ.
5.1MB
އިތުރު މަޢުލޫމާރު
ޙާއްސަ:
މި ސޮފްޓްވެއަރއަށް ކޮށްދެވޭނެކަމަކީ ނަމާދު ވަގުތު ހަނދާން ކޮށްދިނުމެވެ. ނަމާދެއް ނުއެއްކޮށްދެވޭނެއެވެ. ނަމާދު ކުރުމަކީ ތިމާގެ ކަމެކެވެ. ނަމާދު އަޅައިފިމީހާ ފަހެ ދީނުގެ ތަނބު މުގުރައިފިކަން ކަށަވަރެވެ.
2.19.2010
Subscribe to:
Post Comments (Atom)
0 ޚިޔާލު:
މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.