އީމެއިލް މެދުވެރިކޮށް ސިޓީ ފޮނުވަން ބޭނުންނަމަ ބޭނުން ވަނީ 2 ޗެވެވެ. އެއީ
- އީމެއިލް އެޑްރެސް
- އީމެއިލް ކުލަޔަންޓް / ވެބްމެއިލް ކްލަޔަންޓް
- އީމެއިލް އެޑްރެސް
އީމެއިލް އެޑްރެހުގެ މިސާލަކީ ގެއެއްގެ ނަމެވެ. މީހަކު ދުރުގައި ހުރި މީހަކަށް ސިޓީއެއް ފޮނުވަން ބޭނުންނަމަ އޭނަ އެސިޓީ އެފޮނުވާ މީހާގެ ގޭގެނަންބޭނުންވާނެއެވެ. އީމެއިލް އެޑްރެހަކީ ކަރަންޓު ސިޓީ (އީމެއިލް) ގެ ދުނިޔޭގައި އުޅޭމީހާގެ ގެ ދެނެގަތުމަށް ބޭނުންކުރާ ނަމެވެ. އީމެއިލް އެޑްރެހާއި ގެއެއްގެ އެންމެ ބޮޑު ތަފާތަކީ: @ (އެޓް) އެވެ. ކޮންމެއީމެއިލް އެޑްރެހެއްވެސް ރައްކާކުރެވިފައިވަނީ ވަކިސާވަރއެއްގައެވެ. މިހެންކަމުން އެ އީމެއިލް އެޑްރެހެއް ރައްކާކުރެވިފައިވާ ސާވަރ އަންނަނީ @ ގެ ފަހަތަށެވެ.@ ގެ ކުރީގައި ހުންނަ އަކުރުތައް ރަމްޒުކޮށްދެނީ އީމެއިލް އެޑްރެހުގެ ވެރިފަރާތެވެ. މިސާލު:
ihecker@dhi-liun.net
އައިހެކަރ އަކީ އަޅުގަނޑުގެ ނަމެވެ. އަދި ދި-ލިޔުން ޑޮޓް ނެޓަކީ އަޅުގަނޑުގެ އީމެއިލް ރައްކާކުރެވިފައިވާ ޑޮމެއިން ނޭމެވެ. މި އީމެއިލް އެޑްރެހެއް ދެން އެހެން މީހަކަށް ބޭނުމެއްނުކުރެވޭނެއެވެ. ސަބަބަކީ އީމެއިލްގެ ދުނިޔޭގައި ކޮންމެ މީހަކު އުޅެން ޖެހެނީ ވަކިން ގެއެއްގައި ކަމަށްވާތީއެއެވެ. ދެމީހަކަށް އެއްގެއެއްގައެއް ނޫޅެވޭނެއެވެ. ނުވަތަ ކޮންމެ އީމެއިލް އެޑްރެހަކީވެސް ޔުނީކް ( އެފަދަ ދެވަނައެއް ނެތް ) އެޑްރެހަކަށް ވުމަކީ އީމެއިލްގެ ޤަވާއިދަކަށްވާތީއެވެ. ( ކޮންމެ މީހެއްގެ ފިންގަރ ޕްރިންޓް ތަފާތުވާ ފަދައިން އީމެއިލް އެޑްރެސްވެސް ތަފާތުވާންޖެހެއެވެ. )
- އީމެއިލް ކުލަޔަންޓް / ވެބްމެއިލް ކްލަޔަންޓް
އީމެއިލް ކްލަޔަންޓަކީ އީމެއިލްގެ ޚިދުމަތްތައް ( ސިޓީ ފޮނުވުން ، ލިބިގަތުން .... ) ލިބިގަތުމަށް ކޮމްޕިޔުޓަރުގައި އިންސްޓާލް ކުރަންޖެހޭ ޕްރޮގްރާމެކެވެ. އެންމެ މަޝްހޫރު 2 އީމެއިލް ކުލަޔަންޓަކީ މައިކްރޯސޮފްޓް އައުޓްލުކާއޮ މޮޒިއްލާ ތަންޑާބާރޑެވެ.
މިލިޔުމުގައި އީމެއިލް ކުލަޔަންޓަށް އަލިއަޅުވާލުމުގެ ބަދަލުގައި ބޮޑަށް ބަލާލާނީ ވެބްމެއިލް ކުލަޔަންޓްތަކަށެވެ.
ވްބްމެއިލް ކުލަޔަންޓަކީ އީމެއިލްގެ ހިދުމަތްތައް ވެބްބްރައުޒާ ބޭނުންކޮށްގެން ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް އީމެއިލް ގެ ހިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތެކެވެ. އަދި މިއީ އެންމެ މަޝްހޫރު ، އެންމެ ގިނަމީހުން އީމެއިލްގެ ހިދުމަތް ބޭނުންކުރާގޮތެވެ. ގިނަ ވެބްމެއިލް ކުލަޔަންޓްތަކުން ހިލޭއީމެއިލް އެޑްރެހެއް ހެދުމުގެ ފުރުސަތުދެއެވެ. އަދި އީމެއިލް ގެ ހިދުމަތްތައްވެސް ހިލޭ ދޫކުރެއެވެ. މިގޮތުން އެންމެ މަޝްހޫރު 2 އީމެއިލްގެ ހިދުމަތަކީ ޖީމެއިލް އާއި ހޮޓްމެއިލްއެވެ. ހޮޓްމެއިލް އަށް އެމްއެސްއެން އަދި ވިންޑޯސް ލައިވް އޭވެސް ކިޔައެވެ.
GMAIL މެދުވެރިކޮށް އީމެއިލް އެޑްރެހެއް ހުޅުވާ އީމެއިލް މެނޭޖްކުރުން:
ޖީމެއިލްއަކީ އަޅުގަނޑު އެންމެ ގަޔާވާ ވެބްމެއިލް ކަމަށްވާތީ ޖީމެއިލް އެކައުންޓެއް ހަދާނެގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދިނުމަށް ގަސްތުކުރަމެވެ. ޖީމެއިލް ދެކެ އަޅުގަނޑު އެންމެގަޔާވަނީ ހަލުވިވީމައެވެ.
1. މި ލިންކަށް ޒިޔާރަތް ކޮށްލައްވާ
2. ޖީމެއިލް ވެބްސައިޓްގެ ތިރީކަނާތްފަރާތުގައިވާ
އަށް ފިތާލައްވާ Create an account >>
3. އީލެއިލް އެޑްރެސްހެދުމަށް ފުރަންޖެހޭ ފޯރމް ފުރުން
4. ފޯނުނަމްބަރު ޔަޤީންކުރުން
5. ވެރިފިކޭޝަން ކޯޑް ޖެހުން
6. ތިޔަބޭފުޅާގެ ޖީމެއިލް އެކައުންޓަށް ޒިޔާރަތްކުރުން
7. ގޫގަލް ބަޒް: މި ހިދުމަތް ބޭނުން ކުރުމުގެ ބޭނުމެއް ނެތެވެ.
8. ލޯޑިންގ....
9. ސިޓީ ފޮށި (އިންބޮކްސް )
10. ސިޓީ ލިޔުމާއި ފޮނުވުން
ޖީމެއިލްގައި ސިޓީލިޔުއްވުމަށް Compose Mail ލިންކަށް ފިއްތަވާލައްވާށެވެ. އެއަށްފަހު ސިޓީލިބެންވާފަރާތުގެ އީމެއިލް އެޑްރެސް އަދި ސިޓީ ލިޔަނީ ކީޮންކަމާއި ގުޅޭގޮތުންތޯ (ސަބްޖެކްޓް) ލިޔުއްވުމަށްފަހު ބުނަންބޭނުންވާ ވާހަކަލިޔުއްވުމަށްފަހު ސެންޑަށް ފިއްތަވާލައްވާށެވެ.
ހޮޓްމެއިލް އެކައުންޓެއް ހައްދަވަން ބޭނުންނަމަ މިލިންކަށް ފިއްތަވާލައްވާށެވެ. ދެން Sign up ބަޓޮނަށް ފިއްތަވާލެއްވުމަށްފަހު ފޯމްފުރުއްވުމުން ހޮޓްމެއިލް އެކައުންޓެއް ހެދުނީއެވެ. ހޮޓްމެއިލް އަދި ޖީމެއިލް އެކައުންޓް ބޭނުންކޮށްގެން ޗޭޓްކުރެވޭނެއެވެ.
އީމެއިލް އެޑްރެސްގެ މައިގަނޑު ބޭނުންތައް:
- އޮންލައިން ސައިޓްތަކުގައި ރެޖިސްޓަރ ކުރުން
- ވަޒީފާގެ ފުރުސަތުތަކަށް ކުރިމަތިލުން
- ވިޔަފާރި ކުރިއަރުވާ ވިޔަފާރީގެ މުޢާމަލާތްތައް ފަސޭހަކުރުން
- ވިޔަފާރި އިންޝުއަރކުރުން
- ފަހުގެ ޒަމާނީ ހިދުމަތްތަކާއި ވަސީލަތްތަަކަށްށް ލޯހުޅުވުން (ޒަމާނަށް ހޭލުން )
- ވަގުތު ސަލާމަތްކުރުން
- ދަތުރުފަތުރާއި އެހެނިހެން ސިޓީބިޓީ ފޮނުވުމާއި ލިބިގަތުމުގެ ޚަރަދުތައް ކުޑަކުރުން / ނައްތާލުން
- ޗެޓްކުރުން
ސަމާލުވެލައްވާ!
އީމެއިލްގެ ބޭނުން ނަހަމަގޮތުގައި ބޭނުން ކުރާމީހުން އުޅެއެވެ. މިމީހުނަށް ކިޔަނީ ސްޕެމާރސްއެވެ. މިމީހުން އީމެއިލް ބޭނުންކުރާމީހުންނަށް އޮޅުވައިލައިގެން ވަރަށް މޮޅުގޮތްގޮތައް ފައިސާ ހޯދައެވެ. އަދި އެނޫން ބޭނުންތައްވެސް ފުއްދައެވެ. ވީމާ ތިމާދަންނަ އިތުބާރުހުރި މީހެއްގެ އީމެއިލް އެޑްރެހުން އަންނަ އީމެއިލެއް ނޫނީ ގަބޫލު ނުކުރާށެވެ.ޖީމެއިލް އާއި ހޮޓްމެއިލްގައި މިކަހަލަ ފޭކްއީމެއިލްތައް ދަނީ ސްޕޭމްކިޔާ ފޯލްޑާރއަކަށެވެ. މި ފޯލްޑަރގައި ހުންނަ ގިނަ ސިޓީތަކަކީ ބޭކާރު ގެއްލުންދެނިވި ސިޓީތަކެކެވެ. ވީމާ ސަމާލުވެލައްވާށެވެ.
އީމެއިލް އާއި ނުލާ އުޅެވިދާނެއެވެ. ނަމަވެސް މިއަދުގެ ހަލަބޮލިދުނިޔޭގައި އީމެއިލްގެ ބޭނުން އިންތިހާއަށް މިވަނީ ބޮޑުވެފައެވެ. ހާއްސަކޮށް ވަޒީފާ ހޯދުމާއި ވިޔަފާރިތައް ރަޖިސްރީ ކުރުމަކީ އީމެއިލް އެޑްރެހެއްނެތިއްޔާ މިއަދު ކުރެވޭ ކަންތައްތަކެއްނޫނެވެ. އީލެއިލް އެޑްރެހެއް ނެތްނަމަ ދިމާވެދާނެ ހާދިސާއެއް މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
ޝުކުރިއްޔާ!
= މުޙައްމަދު ސާޢިފް=
އިމެއިލް އެޑްރެހެއް ހުޅުވަން ނޭނގޭ މީހަކަށް @ ކިޔާކަށްވެސް ނޭނގިދާނެދޯ! އެ ތަންކޮޅުވެސް ހިމަނާލިނަމަ ވަރަށް ރަނގަޅު.
ReplyDeleteއޭޑޫޑް! މާގަދަޔަށް އިޑިޓްކޮށް ހެދުމަކީ ވަރަށް އުނދަގޫ ބޮޑުކަމެއް! އަޅުގަނޑު ތިޔަބޭފުޅާ ބްލޮގްގެ އެޑްމިންއަކަށް ހަދަންތޯ ބޭނުންފުޅުނަމަ؟ އެއިރުން ތިޔަބޭފުޅާގެ ލިޔުންތައްވެސް ހިމެނިދާނެ! އަދި ދެމީހުނަށް ފެންނަ ކުށްތައް ފަސޭހަ ކަމާއެކު ޙައްލު ކުރެވޭނެ! ކުށް ކިޔާދޭކަށް ނުޖެހޭނެތާ ދޯ؟ ހިހިހިހިހ އެކަމަކު ޓެސްޓް ނިމުނީމަދޯ؟ ނުވަތަ...
ReplyDelete