web 2.0

6.22.2010

ފުރަތަމަ އެހީ : އުކުނޑި ކޮއްޓުން

ފުރަތަމަ އެހީ އަކީ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް ކުޑަވެސް އިޝާރާތަކާއި ނުލައި ބޭނުންވެދާނެ ކަމެކެވެ. ގިނަ ފަހަރު އެންމެ ހީނުކުރާ ދަނޑިވަޅުތަކުގައި ދިމާވާ ވަރަށް ކުދިކުދި ކަންކަމުގައި ފުރަތަމަ ދޭންވާ ކުއްލިފަރުވާ އަވަހަށް ނުދެވުމުގެ ސަބަބުން ފަހުން އެތައް ހިތާމަތަކާއި ކުރިމަތިލާންޖެހެނީ މަދެއްކޮށް ނޫނެވެ. މިގޮތުން މިފަދަ ފުރަތަމަ އެހީގެ މިފަދަ ކުދިކުދި ކަންކަމަށް އަލި އަޅުވާލެވޭތޯ ބަލައިލާނަމެވެ


ފެއްޓުމެއްގެ ގޮތުން އަޅުގަނޑު މިބަލައިލަނީ ވަރަށް އާދައިގެ ކަމެއްކަމުގައިވާ އުކުނޑި ކޮއްޓުމަށެވެ.

އުކުޑިކޮއްޓާނަމަ:
1. ފެންބޯންދޭނީއެވެ.
2. ފެންބުއިމުން ރަނޣަޅު ނުވިނަމަ ނޭވާހިފަހައްޓައިލައިގެން ތަނެއްގައި އިށީނދެ އިންނާނީއެވެ.
3. ނޭވާހިފެހެއްޓުމުން ރަނގަޅުނުވިނަމަ އަނގައާއި ނޭފަތް ނިވާވާގޮތައް ކޮތަޅެއް އަޅައިފައި އޭގެ ތެރެއަށް ނޭވާލާނީއެވެ.

މީއީ އެންމެ އަވަސް ކުއްލިފަރުވާއެވެ. މިއިން އެއްވެސްގޮތަކުން ރަނގަޅުނުވިނަމަ ޑަކްޓަރަށް ދާނީއެވެ!




އުކުނޑި ކޮއްޓާ އަޑު

ޝުކުރިއްޔާ!
Share/Bookmark

2 comments:

  1. Anonymous22/6/10 18:53

    ގުދުވެގެންއޮވެ، ފެންތަށީގެ ގަޔާދުރު ފަރާތުން ފެންބުއިމުންވެސް އުކުނިކޮށްޓުން ހުއްޓެ. އަހަރެން ހަދާގޮތަކީ އެއީ. ވަރަށް މުޖައްރިބު ގޮތެއްއެއީ.

    ReplyDelete
  2. ޝުކުރިއްޔާ އެނޮނިމަސް ޑޫޑް! :D

    ReplyDelete

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home