web 2.0

11.24.2010

ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގިނަ ސަވާބު ހޯދިދާނެއެވެ.

އަޅުގަނޑުމެންގެ ޙަޔާތާއިގެން އަވަދިނެތި އުޅޭއިރު އާޚިރަތުގެ މަތިން ހަނދާންވަނީ ވަރަށް މަދުފަހަރަކުއެވެ.  އެހެން ނަމަވެސް އަޅުގަނޑުމެންނަކީ މުސްލިމުންކަމުގައިވާތީ އަޅުގަނޑުމެން އާޚިރަތަށްވެސް މަސައްކަތްކުރަންޖެހެއެވެ. ސަވާބު ގިނައިންލިބުނުވަރަކަށް ސުވަރުގެއަށް ވަދެވުމުގެ ޗާނަސް ބޮޑުވެއެވެ. މިހެންކަމުން އަހަރެމެން ޢަޒާބަށްވުރެ ގިނައިން ސަވާބު ހޯދުމަށް ސަމާލުކަން ދޭންޖެހޭނެއެވެ.
މަދުވަގުތުކޮޅެއްގެ ތެރޭގައި ގިނަސަވާބު ހޯދުމަކީ އުދަގޫ ކަމެއްނޫނެވެ. މިފަދައިން ސަވާބު ހޯދިދާނެގޮތްތަކެއް މިލިޔުމުގައި ހުށަހަޅާލަމެވެ :


- އެއްމިނެޓް ތެރޭގައި އިޚްލާސް ސޫރަތް އެތައްފަހަރަކު ކިޔެވޭނެއެވެ. އިޚްލާސް ސޫރަތް ޤުރުއާނުގެ 1/3 ޔާއި ހަމަހަމަވެގެންވެއެވެ.

- އެއްމިނެޓް ތެރޭގައި އަލްޙަމްދު ސޫރަތްވެސް އެތައްފަހަރަކު ކިޔެވޭނެއެވެ. އަލްޙަމްދު ގިނަގިނައިން ކިޔެވުމަކީ ސަވާބުލިބުން އިތުރުވެގެންވާ ޢަމަލެކެވެ.

- އެއްމިނެޓްތެރޭގައި ޤުރުއާނުން ފަސޭހަ ސޫރަތެއް ކިޔަވާށެވެ. ޤުރުއާނުން ކިޔަވާ ކޮންމެ އަކުރަކަށް 10 ސަވާބު ހުއްޓެވެ.

- އެއް މިނެޓް ތެރޭގައި ތިރީގައިވާ ތަސްބީޙަ 10 ފަހަރު ކިޔާށެވެ. 10 ފަހަރު މި ތަސްބީޙަ ކިޔުން 4 އަޅުން މިނިވަންކުރުމާއި ހަމަހަމަވެގެންވެއެވެ.

لا إله إلا الله وحده لا شريك له ، له الملك وله الحمد وهو على كل شيء قدير

- އެއްމިނެޓްތެރޭގައި سبحان الله وبحمده 
މިފަދައިން 100 ފަހަރު ކިޔަވާށެވެ. ތިބާގެ އިސްވެ ގޮސްފައިވާ ފާފަތައް ﷲ ފުއްސަވާދެއްވާނެއެވެ.

- އެއްމިނެޓް ތެރޭގައި لا إله إلا الله ތަކުރާރުކޮށް ކިޔާށެވެ. ތިބާގެ އެންމެ ފަހުބަހަކީ މިއީކަމުގައިވެއްޖެނަމަ ތިބާ ސުވަރުގެ ވަންނަހުއްޓެވެ.

- އެއްމިނެޓްތެރޭގައި ކީރިތި ރަސޫލާގެ މައްޗަށް 10 ފަހަރު ޞަލަވާތްކިޔަވާށެވެ. އޭރުން ތިބާގެ މައްޗަށް 100 ފަހަރު ﷲ ޞަލަވާތްލައްވާނެއެވެ.

މިފަދަގޮތްތަކުގެ ބޭނުންހިފައިގެން އަހަރެމެންގެ ސަވާބު އިތުރުކުރަމާ ހިނގާށެވެ.  މިލިޔުމަކީވެސް ތިޔަބޭފުޅުންނަށް ފައިދާކުރަނިވި ލިޔުމަކަށް ވީކަމަށް އުންމީދުކުރަމެވެ. ޝުކުރިއްޔާ!

މަޢުލޫމާތު: sangudaily އަދި ބައެއް އިސްލާމީ ސައިޓް ތައް
Share/Bookmark

0 ޚިޔާލު:

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home