web 2.0

4.08.2011

ދިވެހި ރާއްޖޭގެ ކޮޕީރައިޓްސް ޤާނޫނު

އަޅުގަނޑުމެންގެ ކޮމްޕިޔުޓަރުގައިވާ ސޮފްޓްވެއަރ ތަކުގެ ތެރެއިން ގަންނަންޖެހޭ ކިތައް ސޮފްޓްވެއަރ ނުގަނެ އަޅުގަނޑުމެން ބޭނުންކުރަމުތޯއެވެ؟ ވިންޑޯސް އަކީވެސް ސޮފްޓްވެއަރ އެކެވެ. ވިންޑޯސް ސެވަންގެ އަގު އުޅެނީ 2056 ރުފިޔާއަށްވުރެމަތީގައެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ވިންޑޯސް ސެވަން ގަތީ ކިތައް ބޭފުޅުންތޯއެވެ؟ އަދި ހަމައެހެންމެ ޑައުންލޯޑުކޮށްގެން ޕައިރޭޓަޑް ސޮފްޓްވެއަރސް ވިއްކާ ފިހާރަތަކަށްވެސް މިފަދަ ޤާނޫނެއްގެ އަސަރު ފޯރާނެއެވެ. ހިލޭ ލިބޭ ސޮފްޓްވެއަރ ބޭނުންކުރަން ބޭނުންނަމަ އެންމެ ރަނގަޅީ އޯޕަންސޯސް ސޮފްޓްވެއަރ ބޭނުންކުރުމެވެ. މިގޮތުން އެންމެ މަޝްހޫރު ހިލޭ އޮޕަރޭޓިންގ ސިސްޓަމަކީ ލިނަކްސްގެ ޑިސްޓްރިބިއުޝަން ، އުބުންޓޫއެވެ. ކޮޕީރައިޓް ޤާނޫނަށް ޢަމަލް ކރަން ހަމަޖެހިފައިވަނީ ގަޒެޓްގައި ޝާއިރު ކިރާތާ 180 ދުވަސް ފަހުންނެވެ. 21 އޯގަސްޓް 2010 ގައި ޝާޢިރުކުރި މި ޤާނޫނަށް 180 ދުވަސް ފުރޭނީ ،ި އޭޕްރީލް މަހުގެ 19 ވަނަ ދުވަހުއެވެ. އަހަރެމެން މިތިބީ ތައްޔާރަށްތޯއެވެ؟

ރަނގަޅަށް ފެނިނުލައްވާނަމަ ޑައުންލޯޑް ބަޓޮނަށް ފިއަތަވާލައްވާ ޑައުންލޯޑް ކުރައްވާށެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ޙައްޤުތަކުގެ ޤާނޫނު

ދިވެހިރާއްޖޭގެ ޤާނޫނު ވެބްސައިޓް
Share/Bookmark

0 ޚިޔާލު:

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home