web 2.0

5.31.2011

ގިނައިރު އިށީނދެ އިނުމުން ލިބޭ ގެއްލުން

ޝިކާރަކޮށް ނުވަތަ ދަނޑުބިން ހައްދައިގެން އިންސާނުން އުޅުނު ދުވަސްވަރު އިންސާނުން އުޅުނީ ފައިމަގުގައެވެ. ނަމަވެސް ޓީވީއާއި ކޮމްޕިޔުޓަރާއި މޭޒުގައި އިނދެގެން ކުރަންޖެހޭފަދަ މަސައްކަތްތައް ތަޢާރަފްވުމާއެކު އިންސާނުން ދުވަހަކުވެސް އިށީނދެފައި ނުވާވަރަށް އަހަރެމެން އިށީނދެ ތިބެމުއެވެ. 9.3 ގަޑިއިރު ކޮންމެ ދުވަހަކު ، ނިދާފައި އޮންނަ ވަގުތައްވުރެވެސް (7.7 ގަޑިއިރަށްވުރެވެސް ) ގިނައިރު އިށީނދެތިބެމުއެވެ. އަހަރެމެންގެ ހަށިގަނޑު އުފެދިފައިވަނީ އެހާގިނައިރު އިށީނދެ އިނުމަކަށް ނޫނެވެ. އަދި މިކަމުގެ ގެއްލުން ހަށިގަނޑަށް ވަނީ ފޯރަން ފަށާފައެވެ. މިހެންކަމުން ކޮޅަށް ތެދުވެލަން ވަނީ ޖެހިފައެވެ.

މާގިނައިރު އަރާމެއްނެތި އިށީނދެ އިނުމުން މަރުގެ ނުރައްކާ %40 އިތުރުވޭ!

ކޮންމެ ދުވަހަކު 6 ގަޑިއިރަށްވުރެ ގިނައިރު ކޮޅަށްނުތެދުވެ އިށީނދެ އިނުމަކީ އަންނަންއޮތް 15 އަހަރުތެރޭ މަރުވުމުގެ ޗާންސް 3 ގަޑިއިރު އިށީނދެ އިންނަމީހަކަށްވުރެ %40 އިތުރުކޮށްދޭ ކަމެކެވެ. ކަސްރަތުކުރިއަސްމެއެވެ. އެހެންނޫނަސް މަރުއައިސް ޖެހުނީމާ ކޮންމެ މީހަކުވެސް މަރުވާނެއެވެ!



އާއްމުކޮށް ކޮށްއުޅޭހަރަކާތްތައް
 އިށީނދެއިނުން
އާދައިގެ ލުއި ހަރަކާތްތައް
( ހިނގުން ، ކޮޅަށްތެދުވުން )
ފައިދާހުރި ހަރަކާތްތައް
( ދުވުން ، ކުޅިވަރުކުޅުން )

ގިނައިރު އިށީނދެ އިނުމަކީ ފަލަވާކަމެއް!

ހިކިމީހުނަށްވުރެ ފަލަމީހުން 2.5 ގަޑިއިރު ގިނައިރު އިށީނދެ އިނދެއެވެ.
އެމެރިކާގައި 3 މީހުންކުރެ އެކަކީ ފަލަމީހެކެވެ.

1980 އާއި 2000 ވަނައަހަރާއި ދެމެދު:
ކަސްރަތުކުރުމުގެ މިންވަރު އެއްވަރެއްގައި ހިފެހެއްޓިފައިވެއެވެ.
އިށީނދެ އިނުމުގެ ވަގުތު 8% އިތުރުވިއެވެ.
ފަލަވުން ދެގުނައަށް އެރިއެވެ.
އިށީނދެއިނުމުން ހަކަތަ އިތުރުނުކޮށްދެއެވެ.

ގިނައިރު އިށީނދެ އިނުމުސް ސަލާމަތްވާނެގޮތް

އަހަރެމެންގެތެރެއިން ގިނަމީހުނަށް ވަޒީފާގެ ސަބަބުން 8 ގަޑިއިރުވަންދެން އިށީނދެއިނުމަކީ ކުރަންޖެހޭކަމެކެވެ. ނަމަވެސް މައްސަލަބޮޑޫވަނީ ވަޒީފާގެ އިތުރުން އިށީނދެ ހުރުމުންނެވެ.
އެންމެ އެދެވިގެންވާ 30 މިނެޓްގެ ކަސްރަތު ނުފުދެއެވެ. ވީހާވެސް ގިނައިރު ކޮޅަށްތެދުވެ ހަރަކާތެއް ކޮށްލެވޭތޯ ބައްލަވާށެވެ.



އިށީނދެއިނުމަށްވުރެ ހިނގުމުން އަންދާލާ ކެލޮރީގެމިންވަރު 3 ގުނައާއި 5 ގުނައާއި ދެމެދަށް ގިނައެވެ. މިހެންކަމުން ލިބޭ ކޮންމެ ފުރުސަތެއްގައި އޮފީސްތެރޭ ހިނގާލެވޭތޯ ބަލާށެވެ.

ގޮނޑިން ތެދުވަމާތޯއެވެ!

3 ގަޑިއިރަށްވުރެ ގިނައިރު ކޮންމެދުވަހަކު ޓީވީބަލަން އިށީނދެ އިންނަމީހާ ހާރޓް އެޓޭކަކުން މަރުވުމުގެ ފުރުސަތު 64% އިތުރުވެގެންވެއެވެ.
ޓީވީބަލަން 3 ގަޑިއިރަށްވުރެ ގިނައިރު އިށީނދެ ކަސްރަތުކުރާމީހާވެސް ކަސްރަތު ނުކުރާމީހާ ހާ ފަލައެވެ.
ވަޒީފާގެ އިތުރުން ޓީވީބަލަން އިށީނދެ ހޭދަކުރާ ކޮންމެ ގަޑިއިރަކީ = މަރުގެ ނުރައްކާ 11% އިތުރުކޮށްދޭ ކަމެކެވެ.

އެޅިދާނެ އިތުރު ފިޔަވަޅުތައް!
މޭޒުކައިރީގައި އިނުން ނުވަތަ ކާރުގައި އިނުމުންވެސް އިށީނދެ އިންނަވަގުތު އިތުރުވެއެވެ. ހިންގަވާށެވެ. ނުވަތަ ބައިސްކަލުގައި ދަތުރުކުރައްވާށެވެ. ލިފްޓުން އެރުމުގެ ބަދަލުގައި ސިޑިން އަރުއްވާށެވެ.

އިށީންދެ އިނުމުގައި އެންމެ ގެއްލުން ކުޑަގޮތް:


އިންސާނާގެ ހަށިގަނޑު ހައްދަވާފައިވަނީ އެހާގިނައިރު އިށީނދެ އިނުމަކަށްނޫނެވެ. 100 އެއްހާއަހަރުކުރިން އަހަރެމެން ކޮޅަށް ހުރެގެން މަސައްކަތްކުރިއިރު ފަލަވުމަކީ އެހާ އާއްމުކަމެއްނޫނެވެ. ނަމަވެސް ޒަމާނުގެގޮތުންނާއި އުޅެންޖެހިފައިވާގޮތުގެ ސަބަބުން ގިނައިރު އިށީނދެ އިންނަން ޖެހުމުގެ ސަބަބުން އަހަރެމެންގެ ހަށިގަނޑު އެހެނިހެން ގޮތްގޮތުން ސަލާމަތް ކުރަންމިވަނީ ޖެހިފައެވެ. އަހަރެމެންނަށް ލިބިފައިވާ ކޮޅަށްހުރުމުގެ ޙައްޤުބޭނުން ކުރަމާތޯއެވެ.

ޝުކުރިއްޔާ! 

ތަރުޖަމާ : އައިހެކަރ
Share/Bookmark

0 ޚިޔާލު:

މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.

previous Next home