މީހުންލައްވާ މަސައްކަތްކުރުވާފައި އެމީހުންނަށް ޙައްޤުވާ އުޖޫރަ ނުދިނުމަކީ އާކަމެއް ނޫނެވެ. މިއީ މިއަދު ވަރަށް އާދައިގެ ކަމެއްކަމުގައި މީހުން ދެކޭކަމެކެވެ. އަޅުގަނޑުގެ ބައެއް އެކުވެރިން އެމީހުންނަށް މުސާރަ ނުލިބިގެން އުޅޭ ވާހަކަދައްކައެވެ. ގިނަފަހަަރު މުސާރަ ނުލިބޭ ވާހަކަ ދެއްކީމާވަނީ ބޮޑު ޖޯކަކަށެވެ. އެއީ މުސާރަ ނުދޭ މީހެއްގާތަށް މަސައްކަތްކުރަންދިޔައީތީވެއެވެ. މަސައްކަތުގެ އުޖޫރަ ނުލިބުމަކީ ވަރަށް ހިތްދަތިވާ ކަމެއްކަން އަޅުގަނޑަށް އެނގުނީ އަމިއްލައަށްވެސް އެކަން ތަޖުރިބާކުރެވުމުންނެވެ.
ކީރިތި ރަސޫލާ މަސައްކަތުމީހާއަށް އެމީހާގެ އުޖޫރަދިނުން އަވަސްކުރުމަށް ވަރަށްބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ކީރިތި ރަސޫލާ (ޞ) ޙަދީޘް ކުރައްވާފައިވެއެވެ. "މަސައްކަތްކުރާ މީހާގެ ގައިން ހިއްލާ ދާ ހިކުމުގެ ކުރިން އެ މީހާ އަށް އުޖޫރަ ދޭށެވެ. " (އިބްނު މާޖާ، 2/817)
މަސައްކަތްތެރިންގެ ޙައްޤުތައް އެމީހުންނަށް ނުދިނުމަކީ ވަރަށްގިނަ އިސްލާމީ މުޖްތަމަޢުތަކުގައި ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. މިކަން ވަރަށްގިނަ ސިފަސިފައިގައި ކުރެވެމުންދެއެވެ.
އުޖޫރަ ނުލިބުނު މަސައްކަތުމީހާއަށް ޤިޔާމަތްދުވަހު އޭނާލައްވާ މަސައްކަތްކުރުވި މީހާގެ ޙަސާނަތުން ބައެއް ލިބޭހުއްޓެވެ. (މަސައްކަތް ޙަަވާލުކުރި މީހާގެ ބައެއް ހެޔޮ ޢަމަލުތައް މަސައްކަތް ކުރި މީހާއަށް ލިބޭނެއެވެ.) މަސައްކަތް ޙަވާލުކުރިމީހާގެ ޙަސާނަތު މަދުކަމުގައިވާނަމަ ، މަސައްކަތްކުރިމީހާގެ ބައެއް ފާފަތައް މަސައްކަތް ޙަވާލުކުރިމީހާއަށް ލިބޭނެއެވެ. އެއަށްފަހު އޭނާ ނަރަކައަށް އެއްލާލެވޭނެއެވެ.
މާތްﷲ ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. "މިނެކިރުމުގައި އުނިކުރާ މީހުންނަށް، ގެއްލުމާއި ހަލާކު ހުށްޓެވެ." (މުޠައްފިފީން ސޫރަތުގެ 1 ވަނަ އާޔަތް) 3
ދެންއޮތީ މަސައްކަތުމީހާ ލައްވާ އިތުރު މަސައްކަތް ކުރުވާފައި ނުވަތަ ގިނައިރު މަސައްކަތްކުރުވާފައި އޯވަޓައިމްވެސް އަދި ބޭސިކްސެލަރީއަށްވުރެ އިތުރަށް ނުދިނުމުގެ މައްސަލައެވެ.
މިގޮތުން ބައެއް ބޮހުން މުސާރަދިނުން ލަސްކޮށްހަދައެވެ. އަނެއްބަޔަކު މުސާރަދެނީ ޝަކުވާކޮށް ފަހަތުން ދުވެ، އާދޭސްކޮށް ކޯޓަށް ދިޔުމުންނެވެ. އެމީހުންގެ މަޤްޞަދަކީ މަސައްކަތުމީހާ އޭނާއަށް ޙައްޤުވާ މުސާރަ ހޯދަން މަސައްކަތްކުރުން ހުއްޓުވާލާ އެ ފައިސާ ވިޔަފާރީގެ އެހެނިހެން ކަންކަމަށް ބޭނުންކުރުން ކަމަށްވެދާނެއެވެ. ނިކަމެތިކޮށްލެވުނު މީހާ އުޅެމުންދާގޮތާމެދު ދަހިވެތިކަމުގެ ސަބަބުން ފަރުވާލެއް ނުބަހައްޓައެވެ. މަސައްކަތްކުރިމީހާ އޭނާގެ ދުވަހުގެ ކެއުން ނުލިބި ނުވަތަ އާއިލާއަށް އެއްވެސް ފައިސާއެއް ނުފޮނުވޭނޭގޮތް ނެތިފައި ހުރެދާނެއެވެ. އިބްނު މާޖާ ރިވާ ކުރެއްވި އެހެން ހަދީސެއްގައިވާ ގޮތުން މީހަކު ލައްވާ
މަސައްކަތެއް ކުރުވުމަށް ފަހު އޭނާ އަށް އުޖޫރަ ނުދީ ހިފަހައްޓައިފި މީހަކީ
ޤިޔާމަތް ދުވަހުން އެކަލޭގެފާނު އެ ތިން މީހަކާ ދެކޮޅުވެރިވާނެ ތިން
މީހުންގެ ތެރެއިން އެކަކެވެ. (އަލްބުޚާރީ)
މަސައްކަތުގެ އުޖޫރަ އަކީ އެއްވެސް ހާލެއްގައި އެ މަސައްކަތްކުރުވި
ފަރާތުން ކުޅަ ހެޔޮ ފޯރުވުމެއް ނޫނެވެ. އެކަމަކު އެއީ މަސައްކަތްކުރި
މީހާގެ ހައްގެކެވެ. އެހައްގު ކެނޑިގެން ނުދާނެ އެވެ. އީމާންވެ ސާލިހު
އަމަލު ކުޅަ މީހުންނަށް ކެނޑިގެން ނުދާނެ ދަރުމަ ހުރިކަން މާތްﷲ ވަނީ
އަންގަވާފަ އެވެ. (ފުއްޞިލަތު 8)
ދަހިވެތިކަމެވެ. ބަޤަރާ ސޫރަތުގެ 96 ވަނަ އާޔަތުގެ މާނައޮގައިވެޔެވެ. "އަދި މީސްތަކުންކުރެ ދުނިޔޭގެ ދިރިއުޅުމަށް އެންމެ ދަހިވެތިކަން ބޮޑު، އަދި شريك ކުޅަ މީހުންނަށްވުރެވެސް (ދިރިއުޅުމަށް ދަހިވެތިކަން ބޮޑު) ބަޔަކު ކަމުގައި ކަލޭގެފާނަށް އެއުރެން ފެނިވަޑައިގަންނަވާނެކަން ކަށަވަރެވެ. އެއުރެންކުރެ ކޮންމެ މީހަކުމެ، އެއްހާސް އަހަރަށް عمر ދިގުވާނެނަމައޭ ހީކޮށް، އެކަމަށް އެދޭނެތެވެ. އެ عمر ދިގުވުން އެއީ، އެމީހަކު عذاب ން ދުރުކުރަނިވި ކަމެއްކަމުގައި ނުމެވޭމެއެވެ. اللَّه އީ އެއުރެންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ."
މީހަކަށް އެއްޗެއް ދޭންޖެހިއްޖެއްޔާ ގިނަމީހުން ތިބެނީ ކަންބޮޑުވެ ރުޅިއައިސްފައެވެ. ތިމާގެ މުދަލުން ބައެއް އުނިވެދާނެކަމަށް ހީކޮށެވެ. ކޮންމެގޮތެއްހަދައިފައިވެސް އަނެކާއަށް އެއްޗެއްނުދީ ވޭތޯބަލައެވެ. ޚަރަދު ކުޑަކުރަންކަމަށްވެސް ވެދާނެއެވެ. އާޚިރު ނަތީޖާއަކަށް ވެގެންދަނީ ވަރަށްބޮޑަށް ޚަރަދުތައް ކުޑަކޮށްލެވުމެވެ. ތިމާ ބަނޑުއަޅާ އެއްކުރިމުދާތައް ނެތި ހަލާކުވެދަނީއެވެ. ނުވަތަ ވަގަށް ނަގަނީއެވެ. ނުވަތަ މިނޫނަސް ކޮންމެސްގޮތަކުން މާތްﷲ ތިމާގެ މުދާތައް ނެތިކުރައްވަނީއެވެ. ދަހިވެތިކަމަކީ ބޭކާރު، ގެއްލުންހުރި ކަމެއްކަން އެންގެވުމަށެވެ.
ގިނައިން ލިބޭވަރަކަށް އަދި އިތުރަށް ބޭނުންވާނެއެވެ. އެހެންނަމަވެސް މުއްސަނދިމީހާއަށް ވުރެ ފަޤީރުމީހާއަށް ފައްސަތޭކަ އަހަރުކުރިން ސުވަރުގެ ވަދެވޭނެކަމަށް ރަސޫލާ ޙަދީޘްކުރައްވާފައިވެއވެ. (އަބޫ ހުރައިރާ)
ޝުކުރިއްޔާ!
=މުޙައްމަދު ސާއިފް=
ރިފަރެންސް:
ހަވީރު
http://islamqa.info/en/ref/books/10#41
http://tanzil.net
9.12.2012
Subscribe to:
Post Comments (Atom)
0 ޚިޔާލު:
މި ލިޔުމާއިމެދު އެއްވެސް ޚިޔާލުފުޅެއް ވާނަމަ، ނުވަތަ ލިޔުމުގައި، އެއްވެސް ކުށެއްވާނަމަ ނުވަތަ އިތުރަށް ފުރިހަމަ ކޮށްލެވޭނެގޮތެއް ވާނަމަ، އެކަން މިފޯރމު ނުވަތަ އީމެއިލް މެދުވެރިކޮށް އަންގަވައިދެއްވުން އެދެމެވެ.